11 ޑިސެމްބަރ 2016
ފަންނުވެރިކަމާ ގުޅޭ ގޮތުން މާލޭގައި އެންމެ އާއްމުކޮށް ބާއްވަނީ އެކި ކަހަލަ ކުރެހުންތައް ދައްކާލުމުގެ އާޓް އެގްޒިބިޝަންތަކެވެ. އެކަމަކު ކައްޓި ހިތްވަރުގެ ނަމުގައި 2012 ވަނަ އަހަރު ބާއްވަން ފެށި، ފެސްޓިވަލުން ފަންނުވެރިކަމުގެ ހުރިހާ ހުނަރެއް އެއްތަނަކުން ފެނެ އެވެ. ކުރެހުމާއި ފޮޓޯގްރަފީ އާއި މިއުޒިކާއި ޅެންވެރިކަމާއި ލިޔުންތެރިކަމުގެ އިތުރުން އަތްތެރި މަސައްކަތްތައް ވެސް މި ފެސްޓިވަލުން ފެނެ އެވެ.
ފަންނުވެރިކަމާ ގުޅޭ ގޮތުން މާލޭގައި އެންމެ އާއްމުކޮށް ބާއްވަނީ އެކި ކަހަލަ ކުރެހުންތައް ދައްކާލުމުގެ އާޓް އެގްޒިބިޝަންތަކެވެ. އެކަމަކު ކައްޓި ހިތްވަރުގެ ނަމުގައި 2012 ވަނަ އަހަރު ބާއްވަން ފެށި، ފެސްޓިވަލުން ފަންނުވެރިކަމުގެ ހުރިހާ ހުނަރެއް އެއްތަނަކުން ފެނެ އެވެ. ކުރެހުމާއި ފޮޓޯގްރަފީ އާއި މިއުޒިކާއި ޅެންވެރިކަމާއި ލިޔުންތެރިކަމުގެ އިތުރުން އަތްތެރި މަސައްކަތްތައް ވެސް މި ފެސްޓިވަލުން ފެނެ އެވެ.
ބިލަބޮންގް ސްކޫލުގައި މި މަހު 7-10 އަށް ކުރިޔަށް ގެންދިޔަ ފެސްޓިވަލަށް 25 ރުފިޔާ ދީގެން، 2،000 އަށް ވުރެ ގިނަ މީހުން ވަނެވެ. އަދި ގާތްގަނޑަކަށް 90 ޒުވާނުން ތައްޔާރުކުރި ކުރެހުންތަކާއި ފޮޓޯތަކާއި ޅެންތައް ގިނަ ބަޔަކު ގަތެވެ.
މިއީ އިހުގައި ދޯނި އެހެލާއިރު ނެރޭ އާދަޔާހިލާފު ބާރު ނުވަތަ ކައްޓި ހިތްވަރު ދިވެހި ޒުވާނުންގެ ފަރާތުން ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އެކަން އެ މީހުންގެ ހުނަރަށް ލިބުނު ބޮޑު ތަރުހީބުން އެނގުނެވެ.
ކައްޓި ހިތްވަރު ފެސްޓްގެ ސްޓޯލެއްގައި މީހަކު އޭނާގެ އަތްތެރި މަސައްކަތްތައް ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ދިވެހި ޔޫތުު މޫވްމެންޓުގެ ނަމުގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއަކުން އިންތިޒާމު ކުރި މި ފެސްޓިވަލުގައި ބައިވެރިން ސްޓޯލެއް ނަގާފައިވަނީ 100 ރުފިޔާ އަށެވެ. އެކަމަކު އެ ސްޓޯލުގައި ބަހައްޓާފައި ހުންނަ ތަކެތި ވިއްކައިގެން ލިބޭ ހުރިހާ އެއްޗެއްގެ ހައްގުވެރިންނަކީ އެ ފަންނުވެރިންނެވެ.
އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އައްޒާމް އިބްރާހިމް ބުނީ އުމުރުން 15 އަހަރުގެ ކުދިން ވެސް ބައިވެރިވި ފެސްޓިވަލުން ދިވެހި ޒުވާނުންގެ ވަރަށް އާދަޔާ ހިލާފު ހުނަރުވެރިކަން ފެނުނެވެ. ފޮޓޯގްރަފީ އާއި ކުރެހުމާއި އަތްތެރި މަސައްކަތާއި ޅެންވެރިކަމާއި މިއުޒިކަށް ވަކި ބައިތަކެއް ފެސްޓިވަލުގައި ހާއްސަކޮށްފައި އޮތް އިރު އެއިން ކޮންމެ ސްޓޯލަކަށް ވެސް ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޒިޔާރަތް ކުރި އެވެ.
"މި ފެސްޓްގައި އާޓިސްޓުން ދައްކާލަން ބަހައްޓާފައި ހުރި ފޮޓޯ އާއި ކުރެހުން އެއީ އާއްމުކޮށް މި ފެންނަ ވައްތަރު އެއްޗެއްސެއް ނޫން. ކޮންމެ ފޮޓޯއެއް ވެސް އެ އާޓިސްޓުގެ އަމިއްލަ ނަޒަރުން ކިޔައިދީފައި ހުންނާނީ،" އައްޒާމު ބުންޏެވެ.
ކައްޓި ހިތްވަރު ފެސްޓްގައި ހުރި ފޮޓޯތަކެއް: އާދަޔާހިލާފު ގިނަ ފޮޓޯތަކެއް މި ފެސްޓިވަލުން ފެނިފައިވޭ - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ބައެއް ސްޓޯލްތަކުގައި ބަހައްޓާފައި ހުރި ބައެއް ފޮޓޯތަކުން ކިޔައިދޭ ވާހަކަތައް ގިނަ އެވެ. ގިނަ ފޮޓޯތައް ހުރީ ރީތި މަންޒަރެއް ދައްކައިދިނުމުގެ ބަދަލުގައި މުޖުތަމައުން ފެންނަ ކަންކަން، މުޅިން އެހެން ނަޒަރަކުން ގެނެސްދީފަ އެވެ. ބައެއް ފޮޓޯތަކަށް ބަލަހައްޓައިގެން ކިތަންމެ ގިނަ އިރަކު ވެސް ހުރެވިދާނެ އެވެ.
އޭގެ ތެރޭން ބައެއް ފޮޓޯތަކުގެ އަގު 1،500 ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ. އެކަމަކު ފުރާވަރު އުމުރުފުރާގެ ކުދިން ވެސް ހިމެނޭ ގޮތަށް ނަގާފައިވާ އެ ފޮޓޯތައް ވިކި، ބައެއް ކުދިންނަށް 20،000 ރުފިޔާ ވެސް ލިބިފައިވެ އެވެ.
ބައެއް ލިޔުންތެރިން، އެ މީހުންގެ މޮޅެތި ވާހަކަތައް، ޗެޕްޓަރުތަކަށް ބަހާލައިގެން ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ކޮންމެ ގަނޑެއްގައި ވަކި ވާހަކައެއް ލިޔެފައި ހުންނައިރު، އެއިން ކޮންމެ ލިޔުމަކުން ވެސް ހުނަރުވެރިކަން ފެނެ އެވެ.
މީގެ ތެރޭން ވެސް ޝަހުދާ މުހައްމަދު ނުވަތަ ޝާޑްސްއަށް އެ ފެސްޓިވަލުން ލިބުނު ކާމިޔާބީ ބޮޑެވެ. އުމުރުން 18 އަހަރުގެ އެ ލިޔުންތެރިޔާ އޭނާ ސިފަކުރީ ޝާއިރެއްގެ ގޮތުގަ އެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން ޝާޑްސް ޕޮޔަމް ލިޔަން ފެށި ނަމަވެސް ކުރިން އެތަކެތި ހަމައެކަނި ފެނުނީ ސޯޝަލް މީޑިއާއިންނެވެ.
ޝާޑްސް އޭނާގެ ސްޓޯލްގައި: އޭނާ ޗާޕުކުރި ހުރިހާ ފޮތެއްހެން ވިކުނު - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެކަމަކު އޭނާ ލިޔެފައިވާ 50 ޅެން ހިމެނޭ ގޮތަށް ފޮތެއް ތައްޔާރުކޮށް، 100 ފޮތް ވަނީ ފެސްޓިވަލުގައި ވިއްކާފަ އެވެ. ފޮތެއް 350 ރުފިޔާގެ މަގުން ވިއްކައި، 18،000 އަށް ވުރެ ގިނަ ރުފިޔާ ހަތަރު ދުވަސް ތެރޭގައި އޭނާ ހޯދި އެވެ.
"މިއީ ޕަބްލިކަށް ނިކުތް ފުރަތަމަ ފަހަރު. ހިއެއްނުކުރަން މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް،" މި އަހަރު ސީއެޗްއެސްއީ ނިންމި ދަރިވަރު ބުންޏެވެ.
ލޯތްބާއި ހިތާމަ އާއި އުއްމީދުގެ ހުރިހާ ރަހައެއް ހިމަނައިގެން ޝާޑްސް ތައްޔާރުކުރި އެ ފޮތް ގިނައިން ގަތީ ޒުވާނުންނެވެ. އޭނާ ބުނި ގޮތުގައި ގިނަ މީހުން އެ ފޮތް ގަތީ ކޮންމެ ވެސް މީހަކަށް ހަދިޔާ ކުރުމުގެ ގޮތުންނެވެ.
މި ލިބުނު ކާމިޔާބީއާ ގުޅިގެން ޝާޑްސް އަންނަނީ މިއަށް ވުރެ ފުރިހަމަ ފޮތެއް ތައްޔާރުކުރަމުންނެވެ. އޭނާ ދެކޭ ގޮތުގައި ކައްޓި ހިތްވަރަކީ އޭނާގެ މަސައްކަތް ގިނަ ބަޔަކަށް ދައްކާލަން ލިބުނު ރަނގަޅު ޕްލެޓްފޯމެކެވެ.
ކައްޓި ހިތްވަރު ފެސްޓްގައި ހުރި ފޮޓޯތަކެއް: ކޮންމެ ފޮޓޯއަކުން ވެސް ވާހަކައެއް ކިޔައިދޭ - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި ފެސްޓިވަލުގައި ޔޫއެންއެފްޕީ އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ބައެއް އިތުރު ޖަމިއްޔާތަކުން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ސްޓޯލެއްގައި، ސިޔާސަތު އެކުލަވާލާ މީހުންނަށް ދޭން ބޭނުންވާ މެސެޖެއް ލިޔުމުގެ ފުރުސަތު ހުޅުވާލާފައި އޮތް އިރު، އެޑިއުކޭޝަން މިނިސްޓަރަށް ހާއްސަކޮށްފައި އޮތް މެސެޖަކަށް، މިނިސްޓަރު އައިޝަތު ޝިހާމް އެތަނަށް ވަޑައިގެން ވަނީ ޖަވާބު ދެއްވާފަ އެވެ. އޭގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ވެސް އެ ސްޓޯލަށް ޒިޔާރަތް ކުރެއްވި އެވެ.
މި ފެސްޓިވަލުގައި ދެން އެންމެ ފާހަގަކުރެވުނީ އަކުރުފޮށި ނަމުގައި އޯޕަން އޯޑިއަންސް އަކަށް ހާއްސަކޮށްގެން، ލިޔުންތެރިންނާއި ޅެންވެރިން އެ މީހުންގެ އިހުސާސްތައް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ފެސްޓިވަލުގައި ހުރި ކުރެހުންތަކެއް: ގިނަ ޒުވާނުންތަކެއްގެ ހުނަރުވެރިކަން މިތަނުން ފެނުނު - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި ބައިގައި، ދިވެހި ބަހުން ގެނެސްދިން ބައެއް ޅެމާއި ވާހަކަތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ. ހާއްސަކޮށް، ރަށްރަށުގެ މީހުން، އަމިއްލަ ވަޒަން ދޫކޮށް މާލެ އައިސް އުޅެން ޖެހޭ ގޮތާއި ގައުމީ ސަލާމާ ބެހޭ ގޮތުން ގެނެސްދިން ބައިތުތައް ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން ދިވެހި ޒުވާނުން ތައްޔާރު ކުރާ ކާތަކެއްޗާއި އެ ޒުވާނުންގެ އަމިއްލަ މިއުޒިކް ވެސް މި ފެސްޓިވަލުން ފެނުނެވެ.
ވޭތުވެ ދިޔަ ހަތަރު ދުވަހު، ބިލަބޮންގްގެ ހުރިހާ ކްލާސްރޫމެއް ކަހަލަ ގޮތަކަށް، ފަންނުވެރިންގެ ހުނަރުން ފުރާލާފައި އޮތް އިރު، ދިވެހި ޔޫތު މޫވްމެންޓްގެ އަމާޒަކީ އަންނަ އަހަރު މިއަށް ވުރެ ކާމިޔާބު ފެސްޓިވަލެއް ބޭއްވުމެވެ.
އަތްތެރި މަސައްކަތްތެރިކަމުގެ ވަރަށް ކަވި ހުނަރުން ފެށިގެން ލިޔުންތެރިކަމާއި ޅެންވެރިކަމުގެ އާދަޔާހިލާފު ވާހަކަތަކުން ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއްކަން ކައްޓި ހިތްވަރުން ސާބިތުކޮށްދީފި އެވެ.
ލައީ ކުރެހި ނޫހުގެ ބޭރުގަނޑު
400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި
މަސައްކަތް ކުރަމުން ކިޔަވަން ދަސްކުރަން ޖެހޭ: ރައީސް
1000 ފޮޓޯގްރާފަރުން ޕްރޮގްރާމަށް ހުޅުވާލައިފި
ޒުވާނެއްގެ ހަޔާތުގެ ސިއްރުތައް ޅެން ފޮތަކުން
ފޮޓޯގްރަފީ ކޯހުގައި 350 މީހުން ބައިވެރިވެއްޖެ
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް