ކިތަންމެ ހަގު އުމުރެއްގައި ވެސް ހުވަފެނެއް ހަގީގަތަކަށް ހެދިދާނެ އެވެ. ޒުވާން ނޫސްވެރިޔާ ހުސެން އަލީ އޭނާގެ ޅެންވެރިކަމުގެ ހުނަރު ހާމަކޮށްދެމުން ފޮތެއް ނެރެން އެ އުޅެނީ އުމުރުން 20 އަހަރުގަ އެވެ.
09 ފެބުރުއަރީ 2017
ކިތަންމެ ހަގު އުމުރެއްގައި ވެސް ހުވަފެނެއް ހަގީގަތަކަށް ހެދިދާނެ އެވެ. ޒުވާން ނޫސްވެރިޔާ ހުސެން އަލީ އޭނާގެ ޅެންވެރިކަމުގެ ހުނަރު ހާމަކޮށްދެމުން ފޮތެއް ނެރެން އެ އުޅެނީ އުމުރުން 20 އަހަރުގަ އެވެ.
މާދަމާ ވިއްކަން ފަށާ "އަ ސީކްރެޓް ވީ ޝެއާ"ގައި ހުސެން ހިމަނާފައިވާ 120 ޅެމަކީ އޭނާގެ އެންމެ ފުން އިހުސާސްތަކެވެ. ފުރާވަރުގައި ކުރި ތަޖުރިބާތަކަށް ބިނާކޮށް އެކި ދުވަސްތައް މަތިން ލިޔުނު ޅެންތައް އެއްކޮށްލައިގެން ހުސެން ކިޔައިދެނީ އޭނާގެ ހަޔާތުގެ ސިއްރުތަކެވެ. އެއީ އިބްރަތްތެރި ވާހަކަތަކެކެވެ.
އިނގިރޭސި ބަހުން ލިޔެފައިވާ ޅެންތައް ފޮތެއްގެ ގޮތުގައި ނެރެން ހުސެން މަސައްކަތް ފެށީ މީގެ ހައެއްކަ މަސް ކުރިންނެވެ.
"މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދިރިއުޅުމަށް އައި ބަނަ ދުވަސްތަކެއްގައި ދެތިން ޅެމެއް ލިޔުނީ. ދެން އިތުރު ޅެންތައް ލިޔަމުން އައިސް ހިތަށް އެރީ އެ ހުރިހާ އެއްޗެހި އެއްކޮށްލާނީއޭ. އެއްކޮށްލީމާ ޚިޔާލު އައީ ފޮތެއް ނެރެން،" ޕީއެސްއެމްގެ މަޖައްލާ "މާލްދީބު"ގެ ލިޔުންތެރިޔާ ކިޔައިދިނެވެ.
ހަތަރު ބާބެއްގެ މައްޗަށް އެކުލެވޭ ފޮތުގައި ހިމެނޭ ޅެންތަކުން ހުސެން ފުރަތަމަ ކިޔައިދެނީ ގާތް މީހަކު މަރުވެގެން ކުރިމަތިވި ހިތާމައިގެ ވާހަކަ އެވެ. އެއަށް ފަހު ހުށަހަޅައިދީފައިވާ "ލަވް އެންޑް ބިޓްރޭޔަލް"ގައި، ލޯބީގެ ހިތި ތަޖުރިބާއެއް ހިއްސާކުރެ އެވެ. ތިންވަނަ ބާބަކީ "ބްރޭކްއަޕްސް އެންޑް ހާޓްއޭކްސް" އެވެ. ފަހު ބާބު "ޓްރަޔަމްފްސް އެންޑް ވިކްޓްރީ"ގައި ހުސެން ކިޔައިދެނީ ދިމާވި ހުރިހާ ހިތްދަތިކަމަކުން އަރައިގަނެ ހިތްވަރާއި އުއްމީދު އާވެގެން ދިޔަ ގޮތެވެ.
"ޅެންތައް ގެނެސްދީފައި ހުންނާނީ ވަކި ތަރުތީބަކުން، ވާހަކައެއް ނިއުޅެމުންދާ ގޮތަށް،" ހުސެން ބުންޏެވެ.
އޭނާ ބުނީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މާދަމާ ހަވީރު ބާއްވާ ހަފްލާއެއްގައި ފޮތް ނެރޭ އިރު ފޮތާ ގުޅުން ހުރި "ވަރަށް ބޮޑު ސަޕްރައިޒެއް" ވެސް އެބައޮތް ކަމަށެވެ. ފޮތުގައި ހިމެނޭ ބައެއް ޅެންތައް އެ ހަފްލާގައި ހުށަހަޅައިދޭން ވަނީ ނިންމައިފަ އެވެ.
"އަ ސީކްރެޓް ވީ ޝެއާ" ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެމެޒޮން ކިންޑްލް އިން ވެސް ފޮތް ލިބެން ހުރި އިރު ކޮންމެ ގައުމެއްގައި ހުރެގެން ވެސް ފޮތަށް އޯޑަރު ދެވިދާނެ ކަމަށް ހުސެން ބުންޏެވެ. ފޮތެއްގެ އަގަކީ 350 ރުފިޔާ އެވެ.
"އަ ސީކްރެޓް ވީ ޝެއާ" ޕްރީ އޯޑާކުރެވޭނެ ގޮތް ފޭސްބުކް ޕޯސްޓެއްގައި
އަފީފުގެ ލޮލުން ކަރުނަ: މިއީ ދަރިންގެ ސަޕްރައިޒެއް!
ބައްޕަގެ ގަލަމުން، ދަރިފުޅުގެ އަޑުން "އިލާހީ މިބިން"
މިތުރުންގެ ހިތަށް އުއްމީދު ގެނެސްދިން ކުޑަކުޑަ ސިއްރު
"ގަސްރުކުން މަލަ ފަވާލީ" އައިޝަތު އަނީސްގެ ގަލަމުން
މަރިޔަމް ސައީދު: ޅެންވެރިކަމުގެ ދައުރެއްގެ ނިމުން
ކުރެހުމުން ނަފާ ހޯދަން ފެށި ދަތުރު ނިމުނީ މާފުއްޓަށް
ކައްޓި ހިތްވަރު، ޒުވާނުންގެ އާ ހިތްވަރެއް!
ފުޅައެޅި މޭވާ އާއި ތަރުކާރީން ރަން ވަނައެއް!
ހާދަ ފޫއްސޭ، މިތާ ކުރާނެ އެއްކަމެއް ވެސް ނެތް!
ކުޑަކުދިންނަށް އޮތީ ބަނަ ކުރިމަގެއް: ޔުނިސެފް