އުފަން ސްޓޭޓް ކަމަށްވާ އެމެރިކާގެ ޓެކްސެސްގެ ގަވަރުނަރުގެ މަގާމަށް ވާދަކުރަން ގެންގުޅުނު ހިޔާލު މިހާރު ދޫކޮށްލާފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެތިއު މެކޮނަހޭ ބުނެފި އެވެ.
30 ނޮވެމްބަރ 2021
އުފަން ސްޓޭޓް ކަމަށްވާ އެމެރިކާގެ ޓެކްސެސްގެ ގަވަރުނަރުގެ މަގާމަށް ވާދަކުރަން ގެންގުޅުނު ހިޔާލު މިހާރު ދޫކޮށްލާފައިވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެތިއު މެކޮނަހޭ ބުނެފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ 52 އަހަރުގެ އެކްޓަރު ޓެކްސެސްގެ ގަވަނަރުނަރުގެ މަގާމަށް ވާދަ ނުކުރަން ނިންމިކަން ހޯމަ ދުވަހު އިއުލާންކުރީ އިންތިހާބަށް ނަން ހުށަހެޅުމުގެ ވަގުތު ވެސް ހަމަވާން ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. ނަން ހުށަހެޅުމުގެ ފުރުސަތު އޮތީ އަންނަ މަހުގެ 13 އަށެވެ.
މެކޮނަހޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނީ ގަވަރުނަރު ހޮވަން ބާއްވާ އިންތިހާބުގައި ވާދަކުރުމާ މެދު ދުވަސްތަކެއް ވަންދެން ސީރިއަސްކޮށް ވިސްނި ނަމަވެސް އެ ހިޔާލު މިހާރު އެެއްކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ސިޔާސީ މަގާމަކަށް މި ދަނޑުވަޅުގައި ނުނިކުންނަން ނިންމި ނަމަވެސް މުޖުމަތައުގެ ހާލަތު ރަނގަޅު ކުރުމާއި އަމިއްލަ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ފަރުދީ ގޮތުން ކުރިއެކޭ ވެސް އެއްގޮތަށް ކުރަމުން އައި މަސައްކަތްތަކުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ. އެގޮތުން ވިޔަފާރި އާއި އިންވެސްޓްކުރުމާއި ވިޔަފާރިވެރިން ކުރިއެރުވުމާއި ހައިރާތަށް ކުރާ މަސައްކަތްތައް ކުރުމުގައި ވެސް ދެމި ހުންނާނެ ކަމަށް ބުންޏެވެ.
މެކޮހަނޭ ބުނި ގޮތުގައި ސިޔާސީ ގޮތުން ވަކި މަގާމަކަށް ނުދިޔަ ނަމަވެސް ކުރިއެރުމާއި ތަރައްގީ ހޯދަން މަސައްކަތް ކުރެވޭނެ އެވެ. އަދި އެފަދަ ވިސްނުން ގެންގުޅޭ މީހުން ކުރިއަށް ދާން އަބަދު ވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު "ގްރީންލައިޓްސް" ގެ ނަމުގައި އަމިއްލަ ބައޮގްރަފީ ވެސް ނެރުނު އެކްޓަރު ގަވަރުނަރުގެ މަގާމަށް ނުކުތުމާ މެދު ވިސްނުމަށް ފަހު، އެ ހިޔާލު ދޫކޮށްލި އިރު، އިންތިހާބަށް ވާދަކުރާނެ ގޮތަކާ ބެހޭ އެއްވެސް ތަފުސީލެއް ވެސް ދީފައެއް ނުވެ އެވެ. އެގޮތުން ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރާނީތޯ ނޫނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައު ވާދަކުރާނީތޯ ވެސް ނިންމައިފައެއް ނުވެ އެވެ.
އޭނާ ގަވަރުނަރުގެ މަގާމަށް ނުކުތުމާ މެދު ވިސްނާ ކަމަށް ބުނުމާ ގުޅިގެން މިހާތަނަށް ތާއީދު އޮތްވަރު ބެލުމަށް އެކި ފަރާތްތަކުން ހިޔާލު ހޯދުމުގެ ވޯޓްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ދާދި ފަހުން ޑަލަސް މޯނިން ޝޯ އިން ދާދިފަހުން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާފައިވާ ގޮތުގައި ގަވަރުނަރުގެ މަގާމުގައި މިހާރު ހުންނެވި އަދި އެ މަގާމަށް އަލުން ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ގްރެގް އެބޮޓާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބެޓޯ އޯ ރޯކޭ އަށް ވުރެ މެކޮނަހޭގެ މަގުބޫލުކަން ބޮޑެވެ.
އެގޮތުން ގްރެގަށް ވޯޓްދިން މީހުންގެ ނިސްބަތް 35 ޕަސެންޓްގައި ހުރި އިރު، މެކޮނަހޭ އަށް 44 ޕަސެންޓް މީހުންގެ ތާއީދު ލިބިފައިވެ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑީޓަށް އަޅާބަލާ އިރު މެކްކޮނަހޭ އަށް 49 ޕަސެންޓް މީހުން ތާއީދުކޮށްފައިވެ އެވެ.
ސިޔާސީ ދާއިރާ އަށް ނުކުތުން މަޑުޖައްސާލި އިރު، ހުނަރުވެރި އެކްޓަރު އަދި ތިން ކުދިންގެ ބައްޕަ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޖެންޓްލްމެން" އެވެ.
އެމެރިކާގެ ފިލްމީ ތަރިންގެ ތެރެއިން އެ ގައުމުގެ ސްޓޭޓެއްގައި ގަވަރުނަރުކަން ކުރި އެންމެ މަޝްހޫރު އެކަކީ އާނޯލްޑް ޝްވެޒްނެގާ، 74، އެވެ. "ޓާމިނޭޓާ" ފްރެންޗައިޒްގެ ތަރި ކެލިފޯނިއާގެ ގަވަރުނަރުކަން ކުރީ 2003-2011 އަށެވެ.
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ 28 ގައި
މަންމަ އަށް ރޮކް ދިން ހަދިޔާ އަކީ ކާރެއް
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ
ކެންސަރު ޖެހުނު "ފްރެންޑްސް" ގެ ތަރި މަރުވެއްޖެ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޕްރިޔަންކާ އެމެރިކާގެ ޕްރޮޑިއުސާސް ގިލްޑްގެ މެމްބަރަކަށް