Roadha Mihaaru
އަޖޭގެ "މޭޑޭ" ގެ ނަން "ރަންވޭ 34" އަށް

އަޖޭގެ "މޭޑޭ" ގެ ނަން "ރަންވޭ 34" އަށް ބަދަލުކޮށްފި

30 ނޮވެމްބަރ 2021

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ކުޅެ، ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ނަން "ރަންވޭ 34" އަށް ބަދަލުކޮށް، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ކުޅެ، ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ނަން "ރަންވޭ 34" އަށް ބަދަލުކޮށް، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފަށައި މިހާރު ވަރަށް ބޮޑު ނިންމާފައިވާ ފިލްމުގެ މައިގަނޑު ކާސްޓްގައި އަޖޭއާ އެކު އަމީތާބް ބައްޗަނާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަންގިރާ ދާރް، ބޮމަން އިރާނީ، އަކަންކްޝާ ސިންގް އަދި ނަރޭޝް ނާރާޔަން ހިމެނެ އެވެ.

އިންޑިއާގެ މަތިންދާބޯޓެއް ރަންވޭއަކުން ކަހާލައިގެން ހިނގި ނުރައްކާތެރި ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ "ރަންވޭ 34" ގައި އަޖޭ ކުޅޭ ސިދާތު އަވަސްތީ އާއި ރަކުލް ކުޅޭ އައިޝްވާރިއާ ސިންގްގެ ކެރެކްޓާ އަކީ ޕައިލެޓުންގެ ރޯލެވެ. އަމީތާބްގެ ކަބީރް ބަނުޝާލީ ކެރެކްޓާ އަކީ ވަކީލެކެވެ.

ޑްރާމާ ތުރިލާއެއްގެ ގޮތުގައި ހަދާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 29 ގަ އެވެ.

އަޖޭ ކުރިން ޑައިރެކްޓްކޮށް، ކުޅުނު ފިލްމުތަކަކީ "ޝިވާއޭ" އާއި 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.