18 އޯގަސްޓް 2021
އަމީތާބް ބައްޗަންއާ އެކު ފިލްމެއް ޑައިރެކްޓްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށް އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.
އަމީތާބް ބައްޗަންއާ އެކު ފިލްމެއް ޑައިރެކްޓްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެއީ ވަރަށް ހާއްސަ މަސައްކަތެއް ކަމަށް އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭގެ ތިން ވަނަ ޑައިރެކްޝަން "މޭޑޭ" އަކީ އަމީތާބް މުހިއްމު ރޯލެއް ކުޅޭ ފިލްމެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި މި ފިލްމަށް އަމީތާބް އެއްބަސްވުމާ ބެހޭ ގޮތުން އަޖޭ ބުނީ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަހަރެން ފިލްމުގެ ވާހަކަ އެންމެ ދެ މިނިޓަށް ނެރޭޓްކޮށްދިންތަނާ ބައްޗަން ފިލްމަށް އެއްބަސްވާން ނިންމީ،" އަޖޭ ބުންޏެވެ. "އެހެންވެ މީގައި އެކީގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ވެސް މެ."
"މޭޑޭ" އަކީ އަޖޭ ޑައިރެކްޓްކޮށް، ލީޑް ބަތަލުގެ ރޯލު ވެސް ކުޅޭ ފިލްމެކެވެ. އޭނާ އާއި ބަތަލާ ރަކުލް ޕްރީތު ސިންގް ޕައިލެޓުންގެ ރޯލު ކުޅޭ މި ފިލްމަކީ އޭވިއޭޝަން ދާއިރާގެ ހިތާމަވެރި ހަގީގީ ހާދިސާއެއް ކިޔައިދޭނެ ތުރިލާ ޑްރާމާއެކެވެ. އަމީތާބަކީ ފިލްމުގައި ވަކީލެކެވެ.
"މޭޑޭ" ގެ ޝޫޓީންގެ ތެރެއިން.
އަޖޭ ބުނީ "މޭޑޭ" ގައި އަމީތާބް ޑައިރެކްޓްކުރަން ފުރުސަތު ލިބުމަކީ އޭނާގެ އެތައް ކަމެއް ދަސްވާން ވެސް ލިބުނު ފުރުސަތެއް ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އަމީތާބް ވަރުގެ ޑެޑިކޭޓެޑް އެކްޓަރަކު މިހާތަނަށް ނުދެކެ އެވެ.
"މަސައްކަތަށް ވަރަށް ފަރުވާ ބަހައްޓާ އަދި ކޮންމެ ސީނަކަށް ވެސް އެހާ ބޮޑަށް ތައްޔާރުވާ ވަރަށް މޮޅު އެކްޓަރެއް އެއީ. އަމީތާބްގެ ފަރާތުން ފެންނަ ކޮންމެ ކަމަކީ އެކްޓަރެއްގެ ގޮތުން އަހަރެންގެ އަމިއްލަ ނަފުސަށް ކޮޕީ ވެސް ކުރަން ބޭނުންވާ ކަމެއް." އަޖޭ ބުންޏެވެ.
އަންނަ އަހަރުގެ އެޕްރީލް 29 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "މޭޑޭ" އަކީ 2016 ގެ "ޝިވާއޭ" އަށް ފަހު އަޖޭ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އޭނާގެ އަލަތު ޑައިރެކްޝަނަކީ އަންހެނުން މަޝްހޫރު ބަތަލާ ކާޖޮލްއާ އެކު ހެދި 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.
"މޭޑޭ" ގެ ޝޫޓީންގެ ތެރެއިން.
އަޖޭގެ "މޭޑޭ" އަކީ ސަންދީޕް ކެވްލާނީ އާއި އާމިލް ކީޔަން ޚާންގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އަންގިރާ ދާރް، ބޮމަން އިރާނީ، އަކަންކްޝާ ސިންގް އަދި ފްލޯރާ ޖެކޮބް ހިމެނެ އެވެ.
އަޖޭ ބުނި ގޮތުގައި ފިލްމުގެ ޝޫޓިންގައި މިހާރު ބާކީ އޮތީ ފަސް ވަރަކަށް ދުވަހުގެ މަސައްކަތެވެ. އަދި ޝޫޓިން ވަރަށް އަވަހަށް އެއްކޮށް ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް ފަށާނެ ކަމަށް ބުންޏެވެ.
އަމީތާބް ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރާ އިރު އަޖޭ އާއި އަމީތާބް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި މޭޖާ ސާހަބް (1998)، ގަސަމް ހިންދުސްތާން ކީ (1999)، ހަމް ކިސީ ކޭ ކަމް ނެހީ (2002)، ކާކީ (2004) އަދި ސަތިއަގްރަހާ (2013) ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަޖޭގެ "މޭޑޭ" ގެ ނަން "ރަންވޭ 34" އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަޖޭ ޑައިރެކްޓްކުރާ "މޭޑޭ" މަޑުޖައްސާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަޖޭގެ "މޭޑޭ" އަށް ރަކުލް
އަޖޭ އަނެއްކާ ވެސް ޑައިރެކްޝަނަށް