Roadha Mihaaru
ސްޓޭޓެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ސަންޖޭ

އިންޑިއާގެ ސްޓޭޓެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ސަންޖޭ

01 ޑިސެމްބަރ 2021

އަރުނަޗަލް ޕްރަދޭޝްގެ ސްޓޭޓްގެ ނަމަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެ ސްޓޭޓުން ހިންގަން ނިންމާފައިވާ ހަރަކާތްތަކަށް ހާއްސަ ކޮށްގެން ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރުނަޗަލް ޕްރަދޭޝްގެ ސްޓޭޓްގެ ނަމަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެ ސްޓޭޓުން ހިންގަން ނިންމާފައިވާ ހަރަކާތްތަކަށް ހާއްސަ ކޮށްގެން ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ހަމަޖައްސައިފި އެވެ.

އޭނާއާ އެކު ބްރޭންޑް އެމްބެސެޑަރަކަށް ޕްރޮޑިއުސަރު/ބްރޭންޑް އެކްސްޕާޓް ރާހުލް މިތުރާ ވެސް ހަމަޖައްސާފައިވެ އެވެ. ސަންޖޭ އާއި ރާހުލް ބްރޭންޑް އެމްބެސެޑަރުންނަށް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އަރުނަޗަލް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޕީމާ ކަންދޫ އާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕަސަންގް ސޯނާ ދޯރްޖީ އެވެ.

ސަންޖޭ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިގެން ހިންގާ ހަރަކާތްތަކުގައި ބޮޑު މީޑިއާ ކެމްޕޭނެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އަރުނަޗަލް ޕްރަދޭޝް ޕްރޮމޯޓް ކުރަން އެކި ކަހަލަ ކަންކަން ކުރާނެ އެވެ. އަދި އެ ސްޓޭޓްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތަކުގައި ވެސް ސަންޖޭ ބައިވެރިވެ، އޭނާގެ އަމިއްލަ ތަޖުރިބާތައް ހިއްސާކުރާނެ އެވެ.

އަރުނަޗަލް ޕްރަދޭޝްގެ ނަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކުލަގަދަކޮށް ކުރިއަށް ގެންދާ "ސްޓޭޓްހުޑް ޑޭ" ގެ ހަރަކާތްތައް ފަށާނީ އަންނަ ޖެނުއަރީ މަހުގެ 20 ގައި ޒިރޯ ޑިސްޓްރިކްޓްގަ އެވެ. އަދި އެ ހަރަކާތްތައް ނިންމައިލާނީ ފެބްރުއަރީ 20 ގައި ވެރިރަށް އިތަނާގަރުންނެވެ.

ދާދި ފަހުން ޒެންޒިބާރުގެ ބްރޭންޑް އެމްބެސެޑަރަކަށް ވެސް ސަންޖޭ ހަމަޖައްސާފައިވެ އެވެ.