Roadha Mihaaru
"މަނީ ހައިސްޓް" ގެ ކެރެކްޓާއަކުން އާ ސީރީޒެއް

"މަނީ ހައިސްޓް" ގެ ކެރެކްޓާއަކުން އާ ސީރީޒެއް ގެނެސްދެނީ

02 ޑިސެމްބަރ 2021

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް" ފަސް ވަނަ ސީޒަންގެ ފަހުގެ އެޕިސޯޑްތައް އަންނަ ހުކުރު ދުވަހު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނިކޮށް، އެ ސީރީޒްގެ މައިގަނޑު ކެރެކްޓާއަކަށް ބިނާކޮށް އާ ސީރީޒެއް ގެނެސްދޭން ނިންމާފައިވާކަން ނެޓްފްލިކްްސް އިން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް" ފަސް ވަނަ ސީޒަންގެ ފަހުގެ އެޕިސޯޑްތައް އަންނަ ހުކުރު ދުވަހު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނިކޮށް، އެ ސީރީޒްގެ މައިގަނޑު ކެރެކްޓާއަކަށް ބިނާކޮށް އާ ސީރީޒެއް ގެނެސްދޭން ނިންމާފައިވާކަން ނެޓްފްލިކްްސް އިން އިއުލާންކޮށްފި އެވެ.

"މަނީ ހައިސްޓް" ގެ ސްޕިން-އޮފެއްގެ ގޮތުގައި 2023 ގައި ގެނެސްދޭން ނިންމާފައި ވަނީ ސީރީޒްގައި ޕެޑްރޯ އެލޮންސޯ ކުޅުނު ކެރެކްޓާ ބާލިން އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އޭގެ ނަމަކަށް ވެސް ހަމަޖައްސާފައި ވަނީ "ބާލިން" އެވެ. މި ވާހަކަ ޓްވިޓާގައި ހިއްސާކޮށް ނެޓްފްލިކްސް އިން ބުނީ "މަނީ ހައިސްޓް" ނިމުމަކަށް އަޔަސް، މީގެ ވާހަކައަށް އަދިވެސް ނިމުމެއް ނާންނާނެ ކަމަށެވެ.

އެހެންވެ ޔަގީނުން ވެސް 2023 އަކީ އެ ސީރީޒްގެ ފޭނުން ވަރަށް އިންތިޒާރު ކުރާނެ އަހަރަކަށް ވާނެ އެވެ.

"މަނީ ހައިސްޓް" ފަސް ވަނަ ސީޒަނާ އެކު މި ސީރީޒް މި އަހަރު ނިންމާލާއިރު، މީގެ ފަހު ސީޒަން ބެލުންތެރިންނަށް ގެނެސްދެނީ ދެ ވޮލިއުމްއަކަށެވެ. އެގޮތުން ވޮލިއުމް އެކެއްގައި ފަސް އެޕިސޯޑާ އެކު ސްޓްރީމްކުރީ ސެޕްޓެމްބަރު މަހު އެވެ.

ހުކުރު ދުވަހު ސްޓްރީމްކުރާ ދެވަނަ ވޮލިއުމް ގައި ފަސް އެޕިސޯޑް ހިމެނޭނެ އެވެ. މީގެ ހަތަރު އަހަރު ކުރިން ގެނެސްދޭން ފެށި ސީރީޒް ނިންމާލަނީ ޖުމްލަ 41 އެޕިސޯޑާ އެކީގަ އެވެ.

ދެކުނު ކޮރެއާ އިން މިހާރު ވަނީ "މަނީ ހައިސްޓް" ގެ ރިމޭކެއް ހަދަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ކޮރެއާ ރިމޭކްގައި ޕެޑްރޯ ކުޅުނު ބާލިންގެ ކެރެކްޓާ ކުޅޭނީ ނެޓްފްލިކްސް އިން ދާދި ފަހުން ގެނެސްދީގެން ބޮޑު ތަރުހީބެއް ލިބުނު ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގައި މުހިއްމު ރޯލެއް ކުޅުނު ޕާކް ހައޭ ސޫ އެވެ. ނެޓްފްލިކްސްއިން މީގެ ވާހަކަ ކަށަވަރުކޮށް ދިން ނަމަވެސް، ގެނެސްދޭނެ އިރެއް ހާމައެއް ނުކުރެ އެވެ.