Roadha Mihaaru
ނެޓްފްލިކްސްއަށް އެންމެން ފައިސާ ދައްކަންޖެހޭގޮތް ހަދަނީ

ނެޓްފްލިކްސްގެ އެއް އެކައުންޓްގައި ތިބޭ އެންމެން ފައިސާ ދައްކަން ޖެހޭ ގޮތް ހަދަނީ

18 މާޗް 2022

ނެޓްފްލިކްސްގެ އެއް އެކައުންޓް ޝެއާކުރާ އެންމެން ވެސް އެ ހިދުމަތް ހޯދަން މަހު ފީ ދައްކަން ޖެހޭ ގޮތް ހަދާއި ބައެއް ގައުމުތަކުގައި އެ ފީޗާ ޓެސްޓްކުރަން ނިންމައިފި އެވެ.

ނެޓްފްލިކްސްގެ އެއް އެކައުންޓް ޝެއާކުރާ އެންމެން ވެސް އެ ހިދުމަތް ހޯދަން މަހު ފީ ދައްކަން ޖެހޭ ގޮތް ހަދާއި ބައެއް ގައުމުތަކުގައި އެ ފީޗާ ޓެސްޓްކުރަން ނިންމައިފި އެވެ.

ނެޓްފްލިކްސްގެ ބްލޮގް ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ފެށިގެން އެ ޕްލެޓްފޯމަށް އާ ދެ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ "އެކްސްޓްރާ މެމްބާ" އާއި "ޕްރޮފައިލް ޓްރާންސްފާ" ކިޔާ ފީޗާއެކެވެ.

"އެކްސްޓްރާ މެމްބާ" ގައި ވާގޮތަކީ، އެއް ނެޓްފްލިކްސްގެ އެކައުންޓްގައި ބައިވަރު ޕްރޮފައިލްތައް ހުންނަ ނަމަ، އެ އެންމެން ވެސް އެ ހިދުމަތް ހޯދުމަށް އިތުރު ފީއެއް ދައްކަން ޖެހުމެވެ. ނަމަވެސް، އެއީ ވަކި ސަބްސްކްރައިބާސްގެ ގޮތުގައި ނުބަލާނެ އެވެ.

"ޕްރޮފައިލް ޓްރާންސްފާ" އަކީ އެހެން މީހެއްގެ ނެޓްފްލިކްސް އެކައުންޓަކުން އެ ހިދުމަތް ހޯދަމުން އަންނަ މީހަކު އަމިއްލަ އެކައުންޓެއް ހަދަން ބޭނުންވެއްޖެ ނަމަ، އެ ޕްރޮފައިލްގައި ހުރި އޭނާގެ ހުރިހާ ޑޭޓާއެއް އާ އެކައުންޓަށް ޓްރާންސްފާކޮށްދިނުމަށް ތައާރަފުކުރާ ފީޗާއެކެވެ.

އެ ފީޗާތައް އެންމެ ފުރަތަމަ ޓެސްޓްކުރަން ނިންމާފައި ވަނީ ޗިލީ، ކޯސްޓާ ރިކާ، އަދި ޕެރޫގަ އެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ގައުމުތަކުގައި ޓެސްޓްކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނެޓްފްލިކްސްގައި މިހާރު 222 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާސް ތިބެ އެވެ. ސްޓްރީމިން ޕްލެޓްފޯމުތަކުގެ ވާދަވެރިކަން ބޮޑުވުމާ އެކު އެ ކުންފުނި އަންނަނީ އެމީހުންގެ ކޮންޓެންޓް ވަރުގަދަކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންނެވެ.