މިހާރު ވެސް މީހުންގެ ޒާތީ މައުލޫމާތުތައް ހާމަ ނުކުރެވޭ ގޮތަށް އުސޫލުތައް އޮންނަ ޓްވިޓާގައި ހުއްދަ ނެތި ޕޯސްޓްކުރާ އާންމު މީސްމީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ނަގާ ގޮތަށް ނިންމައިފި އެވެ.
02 ޑިސެމްބަރ 2021
މިހާރު ވެސް މީހުންގެ ޒާތީ މައުލޫމާތުތައް ހާމަ ނުކުރެވޭ ގޮތަށް އުސޫލުތައް އޮންނަ ޓްވިޓާގައި ހުއްދަ ނެތި ޕޯސްޓްކުރާ އާންމު މީސްމީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ނަގާ ގޮތަށް ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ޓްވިޓާ އިން ބުނީ މިއީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ހުއްދަ ނެތި މީސްމީހުންގެ ފޮޓޯ/ވީޑިއޯ ޕޯސްޓްކުރާ ނަމަ އެ އެއްޗެހި ނަގާނެ ކަމަށެވެ. އެގޮތުން އެފަދަ ކޮންޓެންޓްތައް ރިޕޯޓް ކުރުމުން އެ އެއްޗެހި ޑިލީޓް ކުރާނެ އެވެ.
ޓްވިޓާގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދޭން އަޅަން ނިންމި ފިޔަވަޅުގެ ސަބަބުން އަންހެނުންނާއި އެކްޓިވިސްޓުންނާއި މައިނޯރިޓީ ގްރޫޕްތަކާއި އަދި ފިކުރީ ގޮތުން ހިޔާލު ތަފާތު މީސްމީހުންނަށް ރައްކާތެރިކަން ލިއްބައިދޭނެ ކަމަށް ޓްވިޓާ އިން ބުންޏެވެ.
Beginning today, we will not allow the sharing of private media, such as images or videos of private individuals without their consent. Publishing people's private info is also prohibited under the policy, as is threatening or incentivizing others to do so.https://t.co/7EXvXdwegG
— Twitter Safety (@TwitterSafety) November 30, 2021
އެހެންވެ ޓްވިޓާ އަށް ދެން ޕޯސްޓްކުރާ ފޮޓޯ/ވީޑީއޯއެއްގައި އެ މީހަކު ހުރި ނަމަ އަދި އެއީ އެ މީހެއްގެ ހުއްދަ ނެތި ޕޯސްޓް ކޮށްފައިވާ އެއްޗެއްކަން ރިޕޯޓް ކޮށްފި އެ ކޮންޓެންޓަކަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ޓްވިޓާ އިން ބުންޏެވެ.
Sharing images is an important part of folks' experience on Twitter. People should have a choice in determining whether or not a photo is shared publicly. To that end we are expanding the scope of our Private Information Policy. ?
— Twitter Safety (@TwitterSafety) November 30, 2021
ޓްވިޓާގެ "ޕްރައިވެޓް އިންފޮމޭޝަން" ޕޮލިސީ" ގެ ދަށުން މީސްމީހުންގެ ގޭގެ އެޑްރެހާއި ގެ ހުރި ތަނާއި އެ މީހަކު ހުރި ތަނާއި އަދި އެ މީހެއްގެ ޒާތީ އެއްވެސް މައުލޫމާތެއް ޓްވިޓާގައި އާާންމު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އައިޑީކާޑް ނަމްބަރާއި އެފަދަ އެ ނޫން ވެސް ލިޔެކިޔުންތަކާއި ފޯނު ނަމްބަރާއި ބޭންކް އެކައުންޓާ ބެހޭ މައުލޫމާތާއި ބޭންކް ކާޑްތަކުގެ މައުލޫމާތާއި މީސްމީހުންގެ ސިއްހީ ރެކޯޑްތަކާއި ބައޯމެޓްރިކް ޑޭޓާތައް ވެސް ޓްވިޓާގައި އާންމު ކުރުމަކީ އުސޫލުތަކާ ހިލާފު ކަންކަމެވެ.
ޓްވިޓާ އަށް ފޮޓޯ/ވީޑިއޯ ޕޯސްޓް ކުރުމާ ގުޅޭ ގޮތުން އަލަށް ހަމަޖެއްސި އުސޫލާ ގުޅިގެން ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ މިއީ އަނެއްކާ ވެސް "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހަނިވާ" ފަދަ އުސޫލެއް ކަމަށެވެ. ހާއްސަކޮށް އާންމު ތަންތަން ފޮޓޯ ނަގާ ފޮޓޯގްރާފަރުން އާ އުސޫލާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޓެކް ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ބިލެއް
ފުރާވަރު ކުދިންނަށްޓަކައި އިންސްޓަ އަށް "ޓޭކް އަ ބްރޭކް"
ޓްވިޓާ ވެރިފައިކޮށްދިނުން އަލުން ފަށައިފި
ފުރައްސާރަކުރާ ޓްވިޓާ އެކައުންޓްތައް ބްލޮކްވާ ފީޗާއެއް
ވަޓްސްއެޕް ސުންގަޑި ހަމަވަނީ؛ ދެން އުނދަގޫވާނެ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
އެކްސްގައި ހެޑްލައިން ނުފެންނަ ގޮތް ހަދައިފި
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި