ޓްވިޓާގައި ރައްކާތެރިކަން ބޮޑުކުރުމުގެ ގޮތުން "ސޭފްޓީ މޯޑް" ޓެސްޓްކުރަން ފަށައިފި އެވެ.
03 ސެޕްޓެމްބަރ 2021
ޓްވިޓާގައި ރައްކާތެރިކަން ބޮޑުކުރުމުގެ ގޮތުން "ސޭފްޓީ މޯޑް" ޓެސްޓްކުރަން ފަށައިފި އެވެ.
މި ފީޗާ އަކީ ޓްވިޓާގައި ޕޯސްޓްކުރާ އެއްޗިއްސާއި ދެކެވޭ ވާހަކަތަކާ ގުޅިގެން ކުރިމަތިވިދާނެ ފުރައްސާރަތަކުން ރައްކާތެރިކަން ހޯދައިދޭނެ ފީޗާއެކެވެ. ޓްވިޓާގެ ޕްރައިވެސީ އެންޑް ސޭފްޓީ ސެޓިން އިން "ސޭފްޓީ މޯޑް" އެނޭބަލްކުރުމުން އެ މީހެއްގެ ޓްވިޓާ އެކައުންޓާއި ފުރައްސާރައިގެ ބަހުރުވަ އެކުލެވޭ އެއްޗެހި ރައްދުކުރާ އެކައުންޓްތައް ދެނެގަނެ އެފަދަ އެކައުންޓްތައް ހަފުތާއެއްގެ މުއްދަތަށް އޮޓޯ އިން ބްލޮކްކުރާނެ އެވެ.
މި ފީޗާއާ ބެހޭ ގޮތުން ޓްވިޓާގެ ޕްރޮޑަކްޓް މެނޭޖަރު ޖެރަޑް ޑޮހާޓީ ވިދާޅުވީ "ސޭފްޓީ މޯޑް" ފީޗާ އަކީ މައިގަނޑު ގޮތެއްގައި އާންމުކޮށް އެ މީހަކު އިންޓަރެކްޓްނުކުރާ މީހުންގެ ފަރާތުން ކުރިމަތިވެދާނެ ފުރައްސާރަތަކުން ރައްކާތެރިކަން ހޯދައިދޭނެ ފީޗާއެއް ކަމަށެވެ.
Introducing Safety Mode. A new way to limit unwelcome interactions on Twitter. pic.twitter.com/xa5Ot2TVhF
— Twitter Safety (@TwitterSafety) September 1, 2021
"އާންމުކޮށް އެ މީހަކާ އިންޓަރެކްޓްކުރާ މީހުންގެ އެކައުންޓްތައް މި ފީޗާ އިން ބްލޮކެއް ނުކުރާނެ. މި ފީޗާ މަސައްކަތްކުރާނީ އެކައުންޓެއް ގެންގުޅޭ މީހަކާއި އެ މީހަކަށް ރައްދުދޭ މީހުންނާ އޮންނަ ގުޅުން ދެނެގަނެގެން."
"ސޭފްޓީ މޯޑް" މި ވަގުތު ބީޓާގައި މަދު ބައެއްގެ މެދުގައި ޓެސްޓްކުރަމުން ދިޔަ ނަމަވެސް އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފުޅާކުރާނެ އެވެ. އަދި ފީޗާ އާންމުކޮށް ދޫކޮށްލަނީ ފުޅާ ޓެސްޓިންއަކަށް ފަހު އެވެ.
ޖެކް ޑޯޒީގެ ޓްވިޓާ އަކީ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.
ޓްވިޓާ ވެރިފައިކޮށްދިނުން އަލުން ފަށައިފި
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ހުއްދަ ނެތް ފޮޓޯ/ވީޑިއޯ ޓްވިޓާ އިން ދެން ނަގާނެ
ޓްވިޓާގެ ސީއީއޯ އިސްތިއުފާ ދީފި
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި
ޓްވިޓާގެ "ސްޕޭސެސް" އެންމެންނަށް ދޫކޮށްލައިފި
ޓްވިޓާ އެކައުންޓް ހޯދަން ޓްރަމްޕް އަމުރަކަށް އެދެފި
ޓްވިޓާ އެކައުންޓް ވެރިފައިކޮށްދިނުން ފަސޭހަ ކޮށްދީފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
ޓްވިޓާ ވެރިފައިކޮށްދިނުން މަޑުޖައްސާލައިފި