Roadha Mihaaru
ވަޓްސްއެޕް ސުންގަޑި ހަމަވަނީ؛ ދެން އުނދަގޫވާނެ

ވަޓްސްއެޕުން އާ އުސޫލަށް ދިން ސުންގަޑި ހަމަވަނީ؛ އުނދަގޫތަކެއް ކުރިމަތިވެދާނެ

09 މެއި 2021

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެ އެޕް ހިންގާ ފޭސްބުކާ ހިއްސާކުރަން ޖެހޭ ގޮތަށް ނިންމައި އެ އުސޫލަށް ފެބްރުއަރީ މަހުގެ ކުރީކޮޅު އަމަލުކުރަން ނިންމުމާ އެކު އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ހެދި އެކަން ފަސްކޮށް ދިން ސުންގަނޑި މި މަހުގެ 15 އަށް ހަމަވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެ އެޕް ހިންގާ ފޭސްބުކާ ހިއްސާކުރަން ޖެހޭ ގޮތަށް ނިންމައި އެ އުސޫލަށް ފެބްރުއަރީ މަހުގެ ކުރީކޮޅު އަމަލުކުރަން ނިންމުމާ އެކު އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ހެދި އެކަން ފަސްކޮށް ދިން ސުންގަނޑި މި މަހުގެ 15 އަށް ހަމަވާނެ އެވެ.

ސުވާލަކީ އެ ހިސާބުން ކަންބޮޑުވާން ޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ވަޓްސްއެޕުން މިހާރު ވަނީ ދީފަ އެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އާ އުސޫލު ކަސްޓަމަރުން ބަލައިނުގަތަސް، އެ މީހުންގެ އެކައުންޓް ޑިލީޓްކޮށް ނުވަތަ ބޭނުންކުރުމުގައި ދައްޗެއް ދިމާނުވާނެ ކަމަށެވެ.

އެކަމަކު އާ އުސޫލު ދޫކޮށްނުލާ ކަމަށާއި ހަނދާންއާކޮށް ދިނުމުގެ ގޮތުން ޕާސިސްޓަންޓް ރިމައިންޑާ ފޮނުވާނެ ކަމަށް ބުންޏެވެ. އެއާ އާ އުސޫލު ބަލައިގަންނަންދެން ވަޓްސްއެޕް ބޭނުންކުރުމުގައި ލިމިޓޭޝަންތަކެއް އަންނަން ފަށާނެ ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި ޗެޓް ލިސްޓް އެކްސެސް ނުވުން ހިމެނެ އެވެ. އެކަމަކު ވަޓްސްއެޕުން ލިބޭ އޯޑިއޯ/ވީޑިއޯ ކޯލްތަކަށް ޖަވާބު ދެވޭނެ އެވެ. އެކަމަކު ހަފުތާތަކެއް ފަހުން އެ ފުރުސަތު ގެއްލި، ނޮޓިފިކޭޝަނާއި މެސެޖްތައް އަދި ކޯލްތައް ވެސް ލިބުން ހުއްޓޭނެ އެވެ.

ވަޓްސްއެޕުން ބުނެފައިވާ ގޮތުގައި އާ އުސޫލުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތެވެ. އެކަމަކު މިކަން ބޮޑު މައްސަލައަކަށްވީ ހަގީގަތް އޮޅޭ ގޮތަށް ގިނަ ވާހަކަތަކެއް ފެތުރިގެން ދިއުން ކަމަށް ބުންޏެވެ. ދެހާސް ސާދައިގެ ފަހުން ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ބުނިގޮތުގައި އާ އުސޫލުގެ މައިގަނޑު މަގުސަދަކީ އެފްބީގެ ދަށުން ހިންގާ އެހެން ޕްލެޓްފޯމްތައް ވެސް އެއާ ގުޅުވާފައި އޮންނަ ގޮތަށް ގުޅުވުމުގެ މަސައްކަތްކުރުމެވެ.

ނަމަވެސް ވަޓްސްއެޕް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު ވަނީ ފޭސްބުކާ އެ މީހުންގެ މައުލޫމާތު ހިއްސާކުރަން ޖެހުމަކީ ވަރަށް ބޮޑު މައްސަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އާ އުސޫލަށް އެއްބަސްވާން ފޮނުވާ ނޮޓިފިކޭޝަނަށް ވެސް އިޖާބަ ނުދީފަ އެވެ.

އާ އުސޫލުގެ ދަށުން، ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރު ފަދަ ޒާތީ މުހިއްމު މައުލޫމާތުތައް ފޭސްބުކަށް ދޭންޖެހޭނެ އެވެ. މީގެ އިތުރުން ބޭނުންކުރާ ޑިވައިސްއާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ޑިވައިސްގެ ބެޓެރީ ލެވެލް، ސިގްނަލް ސްޓްރެންތު، އެޕް ވާޝަން، ބްރައުޒާ އިންފޯ، މޮބައިލް ނެޓްވޯކް، ކަނެކްޝަނާ ބެހޭ މައުލޫމާތު (ފޯނު ނަމްބަރު، މޮބައިލް އޮޕަރޭޓަރު/އައިސްޕީ)، ބަހުރުވަ، ޓައިމް ޒޯން، އައިޕީ އެޑްރެސް ޑިވައިސް އޮޕަރޭޝަނާ މައުލޫމާތު ހިމެނެ އެވެ.