Roadha Mihaaru
ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ނަބާހާ އާއި ނަބީހާ

ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ނަބާހާ އާއި ނަބީހާ

02 ޑިސެމްބަރ 2021

މި މަހު ސްޕެއިންގައި ބާއްވާ، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގު ކޮލިފައިވެއްޖެ އެވެ.

މި މަހު ސްޕެއިންގައި ބާއްވާ، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް، ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގު ކޮލިފައިވެއްޖެ އެވެ.

އެއްމާބަނޑު މި ދެބެއިންނަށް ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ލިބުނީ ވޯލްޑް ރޭންކިންގައިި މި ދެ އެތުލީޓުން ދަމަހައްޓަމުން އަންނަ މަގާމުންނެވެ. ދުނިޔޭގެ ރޭންކިންގައި މި ވަގުތު އެ ދެކުޅުންތެރިން އޮތީ 117 ވަނައިގަ އެވެ. އެ ދެކުޅުންތެރިން ވަނީ ކުރިން ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ދުނިޔޭގެ 50 ގައުމުން ކުޅުންތެރިން ވާދަކުރާ މުބާރާތުގައި ނަބާހާ އާއި އޭނާގެ ދައްތަ ނަބީހާ ވާދަކުރާނީ އެލިމިނޭޝަން ރައުންޑްގަ އެވެ. އެ ރައުންޑްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ނުކުންނާނީ، ރަޝިއާގެ އަލީނާ ޑަވެލްޓޮވާ އާއި އިކަޓެރީނާ މަލްކޮވާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޕެއާއެއް ނުކުންނާނީ ތައިލެންޑުގެ ޖޮންގްކޮލަފަން ކިތިތަރަކްލް އާއި ރައީންޑަ ޕްރޮޖަންޖޭއާ ދެކޮޅަށެވެ.

މިއީ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ބެޑްމިންޓަން ޕެއާއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތް ކުރިއަށްދާނީ މި މަހު 12-19 އަށެވެ. ނަބީހާ އާއި ނަބާހާ ވެސް މިހާރު ދަނީ ބަންގްލަދޭޝް ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގައި ވާދަކުރަމުންނެވެ. މިދިޔަ މަހު ގަތަރުގައި ބޭއްވި އިންޓަނޭޝަނަލް ސީރީޒްގައި ވެސް އެ ދެ ކުޅުންތެރިން ރާއްޖެ ތަމްސީލްކުރި އެވެ.