ކަޒަކިސްތާނުގައި އާދިއްތަ ދުވަހު ނިމުނު އޭޕޭކްސް ކަޒަކިސްތާން އިންޓަނޭޝަނަލް ސީރީޒްގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ކަޒަކިސްތާނުގައި އާދިއްތަ ދުވަހު ނިމުނު އޭޕޭކްސް ކަޒަކިސްތާން އިންޓަނޭޝަނަލް ސީރީޒްގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ބްރޯންޒް މެޑަލް ހޯދައިފި އެވެ.
ނަބާ އާއި ނަބީ ވެސް ބްރޯންޒް މެޑަލް ހޯދީ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ދަތުރު ކޮށްގެންނެވެ. ދެ ކުޅުންތެރިންނަކީ ވެސް އަންހެން ސިންގަލްސްގައި އެންމެ މަތިން ސީޑް ކުރެވުނު ދެ ކުޅުންތެރިންނެވެ. އެއްވަނައިގައި ނަބާ ސީޑް ކުރެވުނު އިރު ނަބީ ސީޑް ކުރެވުނީ ދެވަނައަށެވެ.
ސެމީ ފައިނަލްގައި ނަބާ ބަލިވީ، ހަތަރު ވަނައަށް ސީޑް ކުރެވުނު ފިލިޕީންސްގެ ޑި ގުޒްމާން މިކޭލާ ޖޯއި އާ ވާދަކޮށް 6-21، 6-21 އިންނެވެ. މުބާރާތުގެ ޗެމްޕިއަނަކީ ވެސް އޭނާ އެވެ.
ސެމީގެ ކުރިން ނަބާ ވަނީ ކުއާޓާގައި 21-15، 21-13 އިން ކަޒަކިސްތާނުގެ ޖުމަލްޑިލޯވާ ދިލްޔާރާ ބަލިކޮށްފަ އެވެ. ކުއާޓާ އަށް ދަތުރު ކުރީ ފަސޭހަ ކަމާއެކު 21-6، 21-4 އިން އުޒްބަކިސްތާނުގެ ޑިއާނާ ގަރަމޯވާ ބަލިކޮށްފަ އެވެ.
ނަބީ އަށް ސެމީގައި ވާދަކުރަން ޖެހުނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާ މުއްޑޫއާ އެވެ. އެ މެޗުން ނަބީ ބަލިވީ 20-22، 14-21 އިންނެވެ. ނަބީ ސެމީ އަށް އައީ ކުއާޓާގައި 21-15، 21-13 އިން އުޒްބަކިސްތާނުގެ ސޯފިއާ ޒަކިރޯވާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ކުއާޓާގެ ޖާގަ ހޯދީ 21-19، 21-14 އިން ކަޒަކިސްތާނުގެ ނާގިޒާ ރަހުމަތުﷲ ޔެވާ ބަލިކޮށްފަ އެވެ.
މުބާރާތުގެ ޑަބަލްސް ބައިގައި ވެސް ނަބާ އާއި ނަބީ ވާދަކުރި އެވެ. ނަމަވެސް ސެމީ އަށް ނުގޮސް ކެޓީ ކަޒަކިސްތާނުގެ ނާގިޒާ ރަހުމަތުﷲ ޔެވާ އާއި އައިޝާ ޒުމާބެކްގެ ޕެއާއާ ވާދަކޮށް 15-21، 22-20، 19-21 އިން ބަލިވެގެންނެވެ.
ނަބާ އާއި ނަބީގެ ޕެއާ ވަނީ މިދިޔަ މަހު ބޮޓްސްވާނާގައި އޮތް އިންޓަނޭޝަނަލް ފިއުޗާ ސީރީޒް ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ.
ކަޒަކިސްތާނު މުބާރާތަކީ ނަބާ އާއި ނަބީ އަށް މިއަހަރުގެ ފަހު މުބާރާތެވެ.
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް
ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ނަބާހާ އާއި ނަބީހާ
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި