Roadha Mihaaru
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް

މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒް: ދިވެހި އެތުލީޓުންގެ ތެރެއިން މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީ އަށް

20 އޯގަސްޓް 2023

މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގެ އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކުއާޓާ ފައިނަލާ ހަމައިން ރާއްޖޭގެ އެތުލީޓުން މުބާރާތް ނިންމާލައިފި އެވެ.

މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގެ އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކުއާޓާ ފައިނަލާ ހަމައިން ރާއްޖޭގެ އެތުލީޓުން މުބާރާތް ނިންމާލައިފި އެވެ.

ހުކުރު ދުވަހު އަންހެން ޑަބަލްސްގެ ކުއާޓާގައި ވާދަކުރި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ) ނުކުތީ މެލޭޝިއާގެ ހޯ ލޯ އީ އާއި އަމަންޑާ ހްވާ ލެންގް ޔަޕްގެ ޕެއާއާ ދެކޮޅަށެވެ. ފުރަތަމަ ސެޓު 22-20 އިން މެލޭޝިއާގެ ޕެއާ ގެންދިޔުމުން 21-18 އިން ދެވަނަ ސެޓް ގެންދިޔައީ ނަބާ އަދި ނަބީގެ ޕެއާ އެވެ. ނަމަވެސް ފަހު ސެޓް މެލޭޝިއާގެ ޕެއާ ކާމިޔާބުކުރީ 21-8 އިންނެވެ.

ނަބާ އަދި ނަބީގެ ޕެއާ ކުއާޓާއަށް ދަތުރު ކޮށްފައިވަނީ އިންޑިއާގެ ސްރީ ސައި ސްރަވްޔާ ލައްކަމްރާޖޫ އާއި އަނާގާ އަރަވިންދަ ޕާއީގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. އެ މެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 21-19، 21-19 އިންނެވެ.

އަންހެން ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ އާމިނަތު އީމާން އާއި އަހުމަދު އަޒީމް މައިޝާގެ ޕެއާ ކުއާޓާއަށް ނުގޮސް ކެޓީ ސިންގަޕޫރުގެ ޕެއާ ޗުއާ ހުއި ޒެން ގްރޭސް އާއި ސޫގީ ލިމް އަތުން 21-5، 21-2 އިން ބަލިވެގެންނެވެ. އަދި މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ، އިންޑިއާގެ ސިމްރަން ސިންގް އާއި ރިތިކާ ތައްކަރު އަތުން ބަލިވީ 21-9، 21-8 އިންނެވެ. މީގެ އިތުރުން އާމިނަތު ޝަހުރުނާޒް މޫސާ އާއި މުހައްމަދު ޝުބާ ޝަރީފް ބަލިވީ އިންޑިއާގެ އަޝްރިތާ ކަންޑުލާ އާއި އަނާމިކާ ސިންގް އަތުން 21-6، 21-4 އިންނެވެ.

މިކްސްޑް ޑަބަލްސް ކުއާޓާގައި ވާދަކުރީ ނަބާ އަދި ޒަޔާން ޒަކީގެ ޕެއާ ބަލިވީ މެލޭޝިއާގެ ޖުއާން ޖެރެމީ ޒެން ލިއަންގް އާއި ޔަޕް ލިންގް އަތުން 21-8، 21-11 އިންނެވެ. އެ ޕެއާ ކުއާޓާ އަށް ދަތުރު ކުރީ ފުރަތަމަ ބުރުގައި ކުޅެން ހަމަޖެހިފައި އޮތް ޖަޕާނުގެ ޕެއާ ވޯކްއޯވާ ކުރުމުންނެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން، އެސޯސިއޭޝަންގެ އިސްވަރިންނާއި ޔޫތު މިނިސްޓަރު މަހުލޫފާ އެކު.-- ފޮޓޯ: މަހުލޫފް

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން، އެސޯސިއޭޝަންގެ އިސްވަރިންނާއި ޔޫތު މިނިސްޓަރު މަހުލޫފާ އެކު.-- ފޮޓޯ: މަހުލޫފް

މިކްސްޑް ޑަބަލްސްގައި ރާއްޖޭގެ އިތުރު ދެ ޕެއާ ވާދަކުރި އެވެ. މުހައްމަދު އަޖްފާން ރަޝީދާއި މައިސާގެ ޕެއާ ފުރަތަމަ ބުރުން ބަލިވީ އިންޑިއާގެ ނަވީން ޕްރަސާންތު އެސްވަރަމޫރުތީ އާއި ގަގަނާ ނެއްލިހަންކަލޫ ޝިވަޝަންކަރާ ވާދަކޮށް 21-15، 21-14 އިންނެވެ. އަދި ނަބީ އާއި އަހުމަދު ނިބާލްގެ ޕެއާ ވަނީ މެލޭޝިއާގެ ޓަން ކީން ވެއި އާއި ޓަން ޝެން ތިންގް އަތުން 21-18، 21-12 އިން ބަލިވެފަ އެވެ.

ފިރިހެން ޑަބަލްސްގައި ހަސަން ޒަޔާން އާއި އަބްދުއްސަމަދު މުހައްމަދު ސާލިމް، އިންޑިއާގެ ޕީއެސް ރަވީކްރިޝްނާ އާއި ސަންކަރު ޕްރަސާދު އުދަޔަކުމާރު އަތުން 21-13، 21-8 އިން ބަލިވިއިރު، ނިބާލް އާއި އަޖްފާންގެ ޕެއާ ބަލިވީ މެލޭޝިއާގެ ފަޒްރިގު މުހައްމަދު ރާޒިފް އާއި ވޮންގް ވިން ޝޯންއާ ވާދަކޮށް 21-12، 21-8 އިންނެވެ.

އަހުމަދު ތޯއިފް މުހައްމަދާއި ޒަޔާން ޒަކީގެ ޕެއާ ވަނީ މެލޭޝިއާގެ ޙަބިލާން ސިވާ އާއި ސިވާބަލަން ވިސްނުވާމަން އަތުން 21-17، 21-11 އިން ބަލިވެފަ އެވެ. އަހުމަދު ޑެނިއެލް އަޝްރަފް އާއި އަބްދުއްލަތީފް ގާސިމް ލިޔާހުގެ ޕެއާ އިންޑިއާގެ ސަންތޯޝް ގަޖެންދުރަން އާއި މޯރިޔާން ކަތިރަވާން އަތުން 21-8، 21-7 އިން ބަލިވިއިރު، ހޫދު ބިން ހާމިދާއި މުހައްމަދު މާއިލު ފަތުހުﷲ އިސްމާއިލް ވަނީ އިންޑިއާގެ ޗަޔަނިތު ޖޯޝީ އާއި އަބިނަވް ތާކޫރު އަތުން 21-7، 21-3 އިން ބަލިވެފަ އެވެ.

އަންހެން ސިންގަލްސްގައި ރާއްޖޭގެ އަށް ކުޅުންތެރިން ވާދަކުރި އެވެ. އިންޑިއާގެ ކެރުޔާ މޮޕަތީ އަތުން 21-7، 21-15 އިން ނަބީ ބަލިވިއިރު، ނަބާ ވަނީ ސިންގަޕޫރުގެ ޗުއާ ހުއި ޒެން ގްރޭސް އަތުން 21-14، 21-10 އިން ބަލިވެފަ އެވެ. އަދި ޔޫއޭއީގެ މަދުމިތާ ސުންދަރަޕަންޑިއަން އަތުން އަފްނާން ބަލިވީ 21-6، 21-0 އިންނެވެ. އިންޑޮނޭޝިއާގެ އައިސްޔާ ސަތީވާ ފަޓެޓާނީއާ ވާދަކޮށް 21-11، 21-9 އިން މައިސާ ބަލިވިއިރު، ޝުބާ ބަލިވީ ޔޫއޭއީގެ ޒައިނަބާ ރީމް ސިރާޖް އަތުން 21-5، 21-7 އިންނެވެ.

މީގެ އިތުރުން އިންޑިއާގެ ޓްރިޝާ ހެގްޑޭއާ ވާދަކޮށް މައިޝާ އަހުމަދު އަޒީމް 21-5، 21-4 އިން ބަލިވިއިރު ޝަހުރުނާޒް ވަނީ ޔޫއޭއީގެ ނޫރާނީ ރަޓު އައްޒަހްރާ އަތުން 21-6، 21-4 އިން ބަލިވެފަ އެވެ. އަދި އާމިނަތު އީމާން ބަލިވީ އިންޑިއާގެ ޕްރަނާވީ ނަޓަރަޖަންއާ ވާދަކޮށް 21-3، 21-2 އިންނެވެ.

ފިރިހެން ސިންގަލްސްގައި ވާދަކުރީ ރާއްޖޭގެ ތިން ކުޅުންތެރިންނެވެ. ޒަޔާން ޒަކީ، މެލޭޝިއާގެ އާތެފް ހައިކަލް ތައުފީކް އަތުން 21-15، 21-19 އިން ބަލިވިއިރު އަޖްފާން ވަނީ 21-8، 21-11 އިން އިންޑިއާގެ ކައުޝާލް ދަރުމަމާރު އަތުން ބަލިވެފަ އެވެ. އަދި ނިބާލް ބަލިވީ އިންޑިއާގެ މާނަވް ޗައުދަރީ އަތުން 21-13، 21-16 އިންނެވެ.