Roadha Mihaaru

އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނަކަށް ރާއްޖޭގެ ނައިބު ރައީސް

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) 2021 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ޔޫއޭއީ އަށް ފުރާވަޑައިގެންފި އެވެ.

އައިއޯސީގެ ޝަރަފުވެރި މެހުމާނަކަށް ނައިބު ރައީސް
އާނިފާ ހުސެއިން ސިރާޖް
އާނިފާ ހުސެއިން ސިރާޖް

02 ޑިސެމްބަރ 2021

ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ) 2021 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ޔޫއޭއީ އަށް ފުރާވަޑައިގެންފި އެވެ.

މި އަހަރުގެ އިންޑިއަން އޯޝަން ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު އަބޫދާބީގަ އެވެ.

ރައީސް އޮފީހުން ބުނީ އައިއޯސީ ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނީ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ކަމަށެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ދުވަހުގެ އެ ކޮންފަރެންސް އިފްތިތާހު ކުރާނީ ހޮނިހިރު ދުވަހު އެވެ. މި އަހަރުގެ އައިއޯސީ ގެ ޝިއާރަކީ "އިކޮލޮޖީ، އިކޮނޮމީ، އެޕިޑެމިކް" އެވެ.

ފަސްވަނަ އޯއައިސީ ކޮންފަރެންސްގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނިގޮތުގައި، ނައިބު ރައީސްގެ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.