Roadha Mihaaru
ނެޓްފްލިކްސްގައި އެންމެ ގިނައިން ބެލީ "ރެޑް ނޯޓިސް"

ނެޓްފްލިކްސްގައި މިހާތަނަށް އެންމެ ގިނައިން ބެލި ފިލްމަކީ "ރެޑް ނޯޓިސް"

04 ޑިސެމްބަރ 2021

ނެޓްފްލިކްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބެލި ފިލްމަކީ މިދިޔަ މަހުގެ 12 ގައި ސްޓްރީމް ކުރަން ފެށި އެކްޝަން ކޮމެޑީ "ރެޑް ނޯޓިސް" ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބެލި ފިލްމަކީ މިދިޔަ މަހުގެ 12 ގައި ސްޓްރީމް ކުރަން ފެށި އެކްޝަން ކޮމެޑީ "ރެޑް ނޯޓިސް" ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމުން ބުނި ގޮތުގައި އެ ފިލްމަކީ ރިލީޒް ކުރި ހަފުތާ ބަންދުގައި ވެސް އެންމެ ގިނަ ވިއުސްގެ އިތުރުން މިހާތަނަށް ނެޓްފްލިކްސް އިން ސްޓްރީމްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނައިން ބެލި ފިލްމު ކަމަށެވެ. އެގޮތުން މިހާރު އެ ބެލި ވަގުތުގެ މިންވަރު 392 މިލިއަން ގަޑިއިރަށް އަރާ އިރު، ކުރިން އެ ރެކޯޑް އޮތީ 2018 ގައި ގެނެސްދިން ސަންޑްރާ ބްލޮކްގެ "ބާޑް ބޮކްސް" އަށެވެ. އެއީ 282 މިލިއަން ވިއުގެ ވަގުތާ އެކީގަ އެވެ.

"ރެޑް ނޯޓިސް" އަށް އެންމެ ގިނައިން ބެލި ފިލްމުގެ ރެކޯޑް ލިބުނީ 11 ދުވަހުގެ ތެރޭގަ އެވެ. ކުރިން އެ ރެކޯޑް އޮތް "ބާޑް ބޮކްސް" ރެކޯޑް ލިބުނީ 4 ހަފުތާގެ ތެރޭގަ އެވެ.

ނެޓްފްލިކްސް އިން ބުނީ އެތަނުގެ ހިދުމަތް ހޯދާ 50 ޕަސެންޓް މީހުން ވަނީ "ރެޑް ނޯޓިސް" ބަލައިފަ އެވެ.

ސްޓްރީމް ކުރުމުގެ ކުރިން މިދިޔަ މަހުގެ 5 ގައި ލިމިޓެޑް ސިނަމާތަކުގައި ވެސް ރިލީޒްކުރި ފިލްމުގެ ލީޑް ތަރިންނަކީ ރަޔަން ރެނޮލްޑްސް އާއު ގަލް ގެޑޯގެ އިތުރުން ޑްވޭން ޖޯންސަން (ރޮކް) އެވެ. "ރެޑް ނޯޓިސް" އަކީ ރޯސަން މާޝަލް ތާބާ ޑައިރެކްޓްކުރި ފިލްމެކެވެ.