Roadha Mihaaru
"ބްރިޖަޓަން 2" މާޗް 25 ގައި

ނެޓްފްލިކްސްގެ "ބްރިޖަޓަން 2" މާޗް 25 ގައި

27 ޑިސެމްބަރ 2021

މިދިޔަ އަހަރު ގެނެސްދިން ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "ބްރިޖަޓަން" ގެ ދެވަނަ ސީޒަން އަންނަ އަހަރުގެ މާޗް 25 ގައި ޕްރީމިއާ ކުރާނެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ގެނެސްދިން ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "ބްރިޖަޓަން" ގެ ދެވަނަ ސީޒަން އަންނަ އަހަރުގެ މާޗް 25 ގައި ޕްރީމިއާ ކުރާނެކަން އިއުލާންކޮށްފި އެވެ.

ބެލުންތެރިން އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހުނު އަދި އޭގެ ކޮސްޓިއުމްތަކަށް ވަކިން ބޮޑަށް ބޮޑު ސަމާލުކަމެއް ލިބުނު ސީރީޒްގެ ދެވަނަ ސީޒަން ވާނީ ކުރީގެ ސީޒަން ފަދަ ޝައުގުވެރި އަދި ފުރިހަމަ އެއްޗަކަށެވެ.

"ބްރިޖަޓަން" އަކީ ކްރިސް ވެން ވޫޒެންގެ މޭސްތިރިކަމުގެ ދަށުން ގެނެސްދިން އެއްޗެކެވެ. މީގެ ވާހަކަ ބިނާކޮށްފައި އޮތީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ޖޫލިއާ ކްއިން ގެނެސްދިން ވާހަކައަށެވެ. މިއީ 18 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތް އޮތް ގޮތުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ އެއްޗެކެވެ.

ބޮޑު ކާސްޓަކާ އެކު ގެނެސްދިން ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ކާމިޔާބިއާ ގުޅިގެން "ބްރިޖަޓަން 2" އަންނަ އަހަރު ގެނެސްދޭ އިރު، ފުރަތަމަ ސީޒަންގައި ހިމެނުނީ 8 އެޕިސޯޑެވެ. މިދިޔަ އަހަރު ނެޓްފްލިކްސް އެ ސްޓްރީމްކުރީ ޑިސެމްބަރު 25 ގަ އެވެ.

އަންނަ އަހަރުގެ މާޗް 25 ގައި ދެވަނަ ސީޒަން ގެނެސްދޭ އިރު "ބްރިޖަޓަން" ގެ ތިނެއް އަދި ހަތަރު ވަނަ ސީޒަނެއް ވެސް ހަދާ ގޮތަށް އޮތީ ނިންމައިފަ އެވެ.