Roadha Mihaaru
ގޫގުލް އިން ވައްކަންކުރުމުން 18 މަހުގެ ޖަލު ހުކުމެއް

ގޫގުލް އިން ވައްކަންކުރުމުން ދޮޅު އަހަރުގެ ޖަލު ހުކުމެއް

06 އޯގަސްޓް 2020

ގޫގުލްގެ ސެލްފް ޑްރައިވިން ކާރު ޔުނިޓް ވޭމޯގައި މަސައްކަތްކުރި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރަކު ޓެކްނޮލޮޖީ ވަގަށް ނެގިކަން ސާބިތުވެ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގެ ސެލްފް ޑްރައިވިން ކާރު ޔުނިޓް ވޭމޯގައި މަސައްކަތްކުރި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރަކު ޓެކްނޮލޮޖީ ވަގަށް ނެގިކަން ސާބިތުވެ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ގޫގުލް ދޫކޮށް އޫބާއާ ގުޅުނު އެންތަނީ ލެވަންޑޯސްކީގެ މައްސަލަ ބެއްލެވި ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ޖަޖް ވިލިއަމް އަލްސަޕް ވަނީ އެންތަނީގެ ވައްކަމަކީ މިހާތަނަށް ޓެކްނޮލޮޖީގެ ދާއިރާ އިން ސިއްރުން ހިންގި އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންތަނީގެ ހުކުމަކީ މިފަދަ ވައްކަމުގެ މައްސަލަތައް ކުރިއަށް އޮތް ތަނުގައި ވެސް ސާބިތުވާ މީހުން ޖަލަށް ދާން ޖެހޭނެކަން ހާމަކޮށްދޭކަމުގެ ފެހި ސިގްނަލެކެވެ.

ވައްކަމުގެ މައްސަލަ ސާބިތުވެ ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެންތަނީ، 40، ވަނީ އޭނާ އަކީ ނިއުމޯނިއާ އަށް ފަރުވާ ހޯދާ މީހެއް ކަމަށާއި ޖަލުގައި ބަންދުކޮށްފި ނަމަ، ކޮވިޑް-19 ޖެހިގެން މަރުވެދާނެ ކަމަށް ބުނެފަ އެވެ. އަދި ހުކުމުގެ 12 މަސް ގޭ ބަންދަށް ބަދަލުކޮށްދޭން އެދިފައިވެ އެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެ ފުރުސަތު ދެއްވައި ހުކުމްހެ ބާކީ ކޮވިޑް-19 ގެ ބަލިމަޑުކަން އެމެރިކާގައި އާންމު ހާލަތަކަށް އައުމުން ތަންފީޒުކުރަން ޖެހޭ ގޮތަށް ނިންމައިފަ އެވެ.

އެންތަނީގެ މައްޗަށް ގޫގުލް އިން ދައުވާކުރީ އޭނާ 2016 ގެ ޖެނުއަރީގައި ކުންފުނި ދޫކޮށްލުމުގެ ކުރިން އެތަނުގެ 14،000 ފައިލެއް އަމިއްލަ ލެޕްޓޮޕަށް އަޅައިގެން ދިޔަ މައްސަލައިގަ އެވެ. އަދި އޭނާގެ މައްޗަށް ދައުވާކޮށްދޭން ހުށަހެޅީ 27 މަހުގެ ޖަލު ހުކުމަކާ އެކީގަ އެވެ.

ވައްކަމުގެ މައްސަލާގައި އެންތަނީ އަށް ވަނީ ގޫގުލްގެ މައި ކުންފުނި އަލްފަބެޓަށް 179 މިލިއަން ޑޮލަރު ވެސް ދައްކަން ޖެހިފަ އެވެ. މިކަމާ ގުޅިގެން އޯޓޯގެ ނަމުގައި އަމިއްލަ ކުންފުންޏެއް ވެސް އޮތް އެންތަނީ ވަނީ ބަނގުރޫޓްވެފަ އެބެ.

ގޫގުލް ދޫކޮށް އޫބާގެ ރޮބޯކާރު ޕްރޮޖެކްޓާ އެންތަނީ ގުޅުނު ނަމަވެސް އޭނާގެ މައްޗަށް ގޫގުލް އިން ކުރި ދައުވާއާ ގުޅިގެން އޫބާ އިން ވަނީ 2017 ގައި އޭނާ އެ ކުންފުނިން ވަކިކޮށްފަ އެވެ. އަދި މި މައްސަލާގައި އެންތަނީ ވަނީ އޫބާ އިން 4.1 ބިލިއަން ހޯދަން ދައުވާ ވެސްކޮށްފަ އެވެ.