Roadha Mihaaru
ގައުމީ ނެޓްބޯޅަ މުބާރާތް ޒެނިތު ކާމިޔާބުކޮށްފި

ގައުމީ ނެޓްބޯޅަ މުބާރާތް ޒެނިތު ކާމިޔާބުކޮށްފި

07 ޑިސެމްބަރ 2016

ކްލަބް ވެލެންސިއާ ބަލިކޮށް ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ކްލަބް ވެލެންސިއާ ބަލިކޮށް ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒެނިތު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ޒެނިތު ކާމިޔާބުކުރީ ވެލެންސިއާއާ ވާދަކޮށް 73-68 ޕޮއިންޓުންނެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ވެލެންސިއާގެ އީމާ އަބްދުއްސައްތާރާއި ނަދީދަނީ ކުމާރީނާއި ސަމާ ތައުފީގާއި ޒެނިތުގެ ތަރިޖިނީ ސިވަލިންގަމާއި އައިޝަތު ހަނާން ހުސެއިނާއި ޓީސީ ސްޕޯޓްސް ކްލަބުގެ ލަޔާން އަލީ ރަޝީދު އަދި ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުގެ ރަޝީދާ މޫސާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހާސިލްކުރީ ޒެނިތުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ނީޝާ ހަލީމެވެ.