Roadha Mihaaru
ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަަހައިފި

އައްޑޫގައި ބަންދުގައި ތިބި ބަޔަކު، ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި

06 ޑިސެމްބަރ 2021

އައްޑޫ ހިތަދޫގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ތިބި ދެ މީހަކު، ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫ ހިތަދޫގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ތިބި ދެ މީހަކު، ދެ ފުލުހެއްގެ ލޮލަށް ބްލީޗް ޖަހައިފި އެވެ.

ފުލުހުން މިއަދު ބުނީ، ބަންދުގައި ތިބި ބަޔަކު ހަވީރު 4:30 ހާއިރުު ދެ ފުލުހެއްގެ ލޮލަށް ބްލީޗު ޖަހާފައިވާ ކަމަށާއި އެ ދެ ފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ނުދޭތީ އެ ދެ މީހުން އެ ޖަރީމާ ހިންގި ސަބަބެއް އަދި ނޭނގެ އެވެ.

އެހެންވެ، ދެ ފުލުހުންނަށް ހަމަލާދިނީ ކޮން މައްސަލައެއްގައި ބަންދުކޮށްފައި ތިބި ބައެއް ކަމެއް ވެސް ސާފެއް ނުވި އެވެ.

މި ހާދިސާގައި އަނިޔާވި ދެ ފުލުހުންގެ ހާލު ވެސް ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އަދި ނޭނގެ އެވެ.