Roadha Mihaaru

ބިދޭސީއަކު އައްޑޫގެ މަގުމަތިން ހޮވި 100،000ރ. ފުލުހުންނާ ހަވާލުކޮށްފި

އައްޑޫ ހިތަދޫގެ މަގެއްގެ މަތިން ބިދޭސީއަކު ހޮވި 100،000ރ. ފުލުހުންނާ ހަވާލުކޮށްފި އެވެ.

ބިދޭސީއަކު މަގުމަތިން ހޮވި 100،000ރ. ހަވާލުކޮށްފި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

08 ޖޫން 2020

އައްޑޫ ހިތަދޫގެ މަގެއްގެ މަތިން ބިދޭސީއަކު ހޮވި 100،000ރ. ފުލުހުންނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ސިޓީއުރައެއްގައި ހުރި އެ ފައިސާ ހޮވާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ފައިސާ ހިތަދޫ ޕޮލިސް ސްޓޭޝަނށް ގެންދިއުމާ އެކު އެ ފައިސާގެ ވެރިމިހާ ހޯދައި، އެ މީހާއާ އެ ފައިސާ ހޮނިހިރު ދުވަހު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފައިސާތައް ހޮވި ބިދޭސީ މީހާގެ އެ އަމަލު ފާހަގަކޮށް ޓްވިޓާގައި ފުލުހުން ވަނީ ކޮންމެ މީހަކީ ވެސް ތެދުވެރި މީހަކަށްވެއްޖެ ނަމަ، ކުށްތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށް ބުނެ ހޭޝްޓެގްތަކެއް ބޭނުންކޮށްފަ އެވެ.