އެޗްޑީސީ އަށް ރަޖިސްޓްރީކޮށްދީފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
08 ޑިސެމްބަރ 2021
އެޗްޑީސީ އަށް ރަޖިސްޓްރީކޮށްދީފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެ ކުންފުންޏަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާ ވެސް ހިލާފަށް ކަމަށެވެ.
ސިޓީ ކައުންސިލްގެ އެ ނިންމުން، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާ ބެހޭ ގާނޫނާއި އަދި ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު ކަމަށް އެ ބަޔާނުގައިވެ އެވެ.
މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ކުރިން، އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަސީލަތްތަކާއި ބިންތަކާއި ނުއުފުލޭ ހަރު މުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެން ވަނީ އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަށް ކަމަށް މި ބަޔާނުގައި ހަނދާން އާކޮށްދީފައިވެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ގާނޫނަށް ގެނައި އިސްލާހުގައި ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވައްސަކީ އެ ކުންފުނީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާނެ ކަމަށެވެ. އަދި ވަކި ފަރާތަކަށް ރަޖިސްޓްރީކޮށްދީފައިވާ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ވެސް ކޯޓު މެދުވެރިކޮށް ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލްގެ ނިންމުން ކުށްވެރިކޮށް އެޗްޑީސީން ވަނީ މިކަމުގެ ސަބަބުން އެ ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކައުންސިލްއާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުންގަނޑު ބޮޑުވެފައިވާއިރު، ކައުންސިލުން މިއަދު ފާސްކުރީ، އެ ކުންފުންޏަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާށެވެ.
ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއް ގޮތަށް ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. މުއިއްޒު މިހާރު ވިދާޅުވަނީ މި އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގެ ދަށުން، ހުޅުމާލެ އަކީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިމަކަށް ވާތީ އެތަން ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށެވެ.
ކައުންސިލްގެ ބަޔާންތަކާ ހެދި ގެއްލުންވޭ: އެޗްޑީސީ
އެޗްޑީސީ އުވާލަން ޖެހޭ: މުއިއްޒު
ރަޖިސްޓްރީއާ ގުޅޭ އަމުރު ސިވިލް ކޯޓަށް ނުނެރެވޭނެ
ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީގެ މައްސަލަ ޝަރީއަތަށް
"ބިމުގެ ރަޖިސްޓްރީގެ ނާޖައިޒު ފައިދާ އެޗްޑީސީން ނަގާ"
ކައުންސިލްގެ ނިންމުން ބާތިލްކުރަން އެޗްޑީސީން ކޯޓަށް
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
އެޗްޑީސީއާ ގުޅޭ ކަންބޮޑުވުންތައް ސިޓީ ކައުންސިލަށް
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި