Roadha Mihaaru
އަޖޭގެ "ބޫޖް" ސްޓާ ގޯލްޑަށް

އަޖޭގެ "ބޫޖް" ސްޓާ ގޯލްޑަށް

11 ޑިސެމްބަރ 2021

އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" މި މަހުގެ 26 ގައި ސްޓާ ގޯލްޑް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" މި މަހުގެ 26 ގައި ސްޓާ ގޯލްޑް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

އަޖޭ ފޭނުންނާ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ވާހަކަ ހިއްސާކޮށްފައިވެ އެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ސްޓާ ގޯލްޑުން "ބޫޖް" ދައްކާނީ ރާއްޖެ ގަޑިން 7:30 ގަ އެވެ. މިއީ ފަހުން ރިލީޒްކުރި އާ ފިލްމެއް ބަލައިލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

މީގެ 50 އަހަރު ކުރިން އިންޑިއާ ތަޖުރިބާކުރި ހަނގުރާމައެއްގެ ހާދިސާތަކަކަށް ބިނާކޮށް ހަދާފައިވާ "ބޫޖް" އަކީ އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށް، އޮގަސްޓް 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމެކެވެ.

މީގައި އަޖޭ ކުޅެފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި އޭރު އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ސްކޮޑްރަން ލީޑަރެއްގެ ގޮތުގައި ހުރި ވިޖޭ ކަރްނިކްގެ ރޯލެވެ. "ބޫޖް" ބިނާކޮށްފައި އޮތީ ހަނގުރާމައިގެ ތެރޭގައި އޭނާ އިންޗާޖަކަށް ހުރި ބޫޖް އެއާ ފޯސް ބޭސް އަށް ދިން ހަމަލާގައި ލިބުނު ގެއްލުންތަކަށެވެ. މިކަމާ ގުޅިގެން ބޫޖްގެ އަންހެނުންތަކެއް ބައިވެރިވެގެން ބޫޖް އެއާޕޯޓް ހިމާޔަތް ކުރުމުން ހަނގުރާމައިގެ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

ކްރިޓިކުންގެ ފަރާތުން މަސްހުނި ފާޑުކިޔުންތަކެއް ލިބުނު "ބޫޖް" ގެ ކާސްޓްގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތުހީ އާއި ޝަރަދު ކެލްކަރު، އައްމީ ވާކް ޕްރަނީތާ ސުބާޝް އަދި އިހާނާ ދިލަން ހިމެނެ އެވެ.

އަޖޭ ރޯލެއް ކުޅެފައިވާ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަންނަ މަހުގެ 7 ގައި ސިނަމާތަކަށް އަންނާނެ އެވެ. އަންނަ އަހަރު ރިލީޒްވާން ހުރި އޭނަގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ"، "ރަންވޭ"، "މައިދާން" އަދި "ތޭންކް ގޯޑް" ހިމެނެ އެވެ.