Roadha Mihaaru
ޕީޕީއެމުން ފްލެޓްތަކުގެ ވެރިންގެ އަޑު އަހާނަން: ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓްތަކުގެ ވެރިންގެ ކެކުޅުމުގެ އަޑު އަހާނަން: ޔާމީން

11 ޑިސެމްބަރ 2021

ޕީޕީއެމްގެ ސަރުކާރެއް ދެން ވެރިކަމަށް އަތުވެއްޖެ ނަމަ، ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ވޭނާއި ކެކުޅުމުގެ އަޑުއަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕީޕީއެމްގެ ސަރުކާރެއް ދެން ވެރިކަމަށް އަތުވެއްޖެ ނަމަ، ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ވޭނާއި ކެކުޅުމުގެ އަޑުއަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ސަރަހައްދުގައި ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތައް ކައިރީގައި ރޭގެ "ކޮތަރު ކޮށި" ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް އެޗްޑީސީގެ ހުއްދަ ނުލިބިގެން އެ ޖަލްސާ ބޭއްވީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި އެ ޖަލްސާގައި ޔާމީން ވިިދާޅުވީ، ހިޔާ ފްލެޓްތައް ކައިރީގައި ޖަލްސާ ނުބޭއްވުނީ "ޑިމޮކްރަސީގެ ބައްޕައިންގެ އަޑު އުފުލަމުން އައި މީހުންގެ ނުކުޅެދުންތެރިކަމާއި އެ މީހުންގެ ވިސްނުމުގެ ކޮށި ކަމުން،" ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނާ ބައްދަލުކުރުމުގެ ނިޔަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ފްލެޓްތަކަށް ކަނޑައަޅާފައިވާ 8،500ރ. އަކީ ބޮޑު އަދަދެއް ކަމަށެވެ. ފްލެޓްތަކުގެ މަހު ކުއްޔަށް 7،500ރ. މި ސަރުކާރުން ކަނޑައަޅާފައިވާއިރު، އެ ތަންތަނުން ސާވިސް ފީގެ ގޮތުގައި މަހަކު 1،000ރ. ނަގަން ވަނީ ނިންމައިފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ތަނަށް އެކަށީގެންވާ އަގަކީ އެ މަނިކުފާނުގެ ވެރިކަމުގައި ކަނޑައެޅި ގޮތަށް 5،600ރ. އެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު މި ސަރުކާރުން ބުނާ ގޮތުގައި މަހު ކުއްޔަށް މިހާރު ކަނޑައަޅާފައިވާ އަގުން ވެސް ފްލެޓް ހެދުމަށް ނަގާފައިވާ ލޯނު އަނބުރާ މުއްދަތަކަށް ނުދެއްކޭނެ އެވެ. އެހެންވެ ދައުލަތުން ވެސް އެކަމަށް އިތުރަށް ފައިސާ ހޭދަވާނެ އެވެ.

"ޕީޕީއެމް ސަރުކާރެއް އައިސްފި ނަމަ އެ މީހުންގެ ހުރި ކެކުޅުންތަކާއި އުދާސްތަކަށް ޖަވާބުދާރީވާނަމޭ އިޖާބަދޭނަމޭ. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން ފްލެޓްގެ އަގު ހުންނަންވާނީ 8،500ރ. ގައި ކަމަށް. ހަމަ ކުރިން ނިންމި އަގުން މިކަން ވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފްލެޓެއް ވެސް އިމާރާތް ކޮށްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ބަދަލުގައި، އެ މަނިކުފާނުގެ ވެރިކަމުގައި ފެށި "ވިނަރެސް" ފްލެޓްތަކުގެ "ކްރެޑިޓް" ނެގުމަށް މި ސަރުކާރުން މަސައްކަތްކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުން މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އިސްވެރިންނާއި އާންމު މެމްބަރުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅުން މާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ އިސްވެރިންނާއި އާންމު މެމްބަރުން.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ލީޑަރު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްކުރީ ވެސް ބޯހިޔާވަހިކަން ނުލިބި މީހުން އުޅޭ ނިކަމެތި ހާލު ފެނިގެން އެކަމަށް ލުޔެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރިއިރު، އެ ތަން އޮތީ "ކޮތަރު ކޮށީ"ގެ ގޮތުގައި ނޫން ކަމަށާއި އެ ސަރަހައްދުގައި "ކޮތަރު" ތައް ޖެއްސުމަށް ޕާކެއް ވެސް ތަރައްގީ ކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރޭގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް ވެހުނު ބޯ ވާރޭގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޚު ދައްކަވާއިރު، ކުރީގެ ރައީސް ވަހީދާއި ކުރީގެ ނައިބު ރައީސް އެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރޭގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް ވެހުނު ބޯ ވާރޭގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޚު ދައްކަވާއިރު، ކުރީގެ ރައީސް ވަހީދާއި ކުރީގެ ނައިބު ރައީސް އެ ވާހަކަތައް އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޔާމީން ވިިދާޅުވީ ޕީޕީއެމްގެ ވެރިކަން ނޮވެމްބަރު 2018 ގައި ނިމުނުއިރު ވާނީ 15،000 ފްލެޓް އިމާރާތް ކުރަން އަމާޒު ހިފައިފައި ކަމަށެވެ. އެއީ ލައްކައެއްހާ މީހުންގެ އާބާދީ ކަމަށާއި އެކަމަކު އެ މަސައްކަތް ވެސް މި ސަރުކާރަށް ރަނގަޅަށް ކުރިއަށް ނުގެންދެވުނު ކަމަށް ވިދާޅުވެ ޔާމީން ވަނީ އެކަމުގެ ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.