Roadha Mihaaru
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު

ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު

12 ޑިސެމްބަރ 2021

ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކެޓްރީނާ ކައިފަކީ އަދި މިހާތަނަށް އެކީގައި ސްކްރީނުން ފެނިފައި ނުވާ ދެ ތަރިންނެވެ. އަދި މިއީ ބެލުންތެރިން އެކީގައި ދެކިލަން ވަރަށް ބޭނުންވާ ދެ ތަރިންނެވެ. އެކަމަކު މާޔޫސީ އަކީ އެފަދަ އެއްވެސް ޕްރޮޖެކްޓެއް ކައިރި މުސްތަގުބަލެއްގައި ވެސް ޕްލޭން ކުރެވިފައި ނެތުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ކެޓްރީނާ ކައިފަކީ އަދި މިހާތަނަށް އެކީގައި ސްކްރީނުން ފެނިފައި ނުވާ ދެ ތަރިންނެވެ. އަދި މިއީ ބެލުންތެރިން އެކީގައި ދެކިލަން ވަރަށް ބޭނުންވާ ދެ ތަރިންނެވެ. އެކަމަކު މާޔޫސީ އަކީ އެފަދަ އެއްވެސް ޕްރޮޖެކްޓެއް ކައިރި މުސްތަގުބަލެއްގައި ވެސް ޕްލޭން ކުރެވިފައި ނެތުމެވެ.

ނަމަވެސް ކެޓްރީނާއާ އެކީ ފިލްމެއް ކުޅެން ޝާހިދަށް ލިބުނުކަން އެނގޭ ހެއްޔެވެ؟ އެ ފިލްމަކީ 2009 ގެ "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އެވެ. ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރި އެ ރޮމޭންޓިކް ކޮމެޑީން ރަންބީރް ކަޕޫރަށް ފުރުސަތު ލިބުނީ ޝާހިދު ފިލްމު ގަބޫލު ނުކޮށް ދޫކޮށްލުމުންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި އޭނާ "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ގަބޫލު ނުކުރީ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާ އެކު ކުޅުނު 2007 ގެ ކާމިޔާބު ފިލްމު "ޖަބް ވީ މެޓް" ގައި ކުޅުނު ކެރެކްޓާއާ ދާދި އެއްކަހަލަ ރޯލަކަށް ވާތީ، އެއްކަހަލަ ކެރެކްޓާތަކެއް ތަކުރާރު ނުކުރުމުގެ ގޮތުންނެވެ.

މާފާ އެކު ފިލްމު ދޫކޮށްލައި ޝާހިދު، ސަންތޯޝީ ގާތު ބުނެފައި ވަނީ "އަޖަބް ޕްރޭން ކީ ގަޒަބް ކަހާނީ" ކުޅެވެން ނެތަސް އެ ޑައިރެކްޓަރާ އެކު ވަރަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ ފަހުން ސަންތޯޝީގެ 2013 ގެ "ޕަޓާ ޕޯސްޓާ ނިކްލާ ހީރޯ" އިން ޝާހިދަށް ފުރުސަތު ލިބުނެވެ. އެކަމަކު އިލިއާނާ ޑި ކްރޫޒް ބަތަލާގެ ރޯލު ކުޅުނު އެ ފިލްމަކީ "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" ވަރުގެ ކާމިޔާބު ފިލްމެއް ނޫނެވެ.

ޝާހިދު ފިލްމު ދޫކޮށްލުން ވެގެން ދިޔައީ ރަންބީރަށް ކެޓްރީނާއާ އެކު ކުޅެން ލިބުނު ފުރަތަމަ ފުރުސަތަށެވެ. އަދި މީގެ ނަތީޖާ އަކީ ދެ ތަރިން ފަހުން ހިތާވެ، ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން ވެސް އުޅުމެވެ. މިދިޔަ ބުރާސްފަތި ދުވަހު، އެކްޓަރު ވިކީ ކޯޝަލާ އެކު ކައިވެނިކުރި ކެޓްރީނާ، ރަންބީރާ އެކު ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި 2010 ގެ "ރާޖްނީތީ" އަދި 2016 ގެ "ޖައްގާ ޖާސޫސް" ހިމެނެ އެވެ.

ކެޓްރީނާއާ އެކު ކުޅެން ލިބުނު ފުރަތަމަ ފިލްމު ޝާހިދު ދޫކޮށްލި ފަހުން އެފަދަ ދެވަނަ ފުރުސަތެއް މިހާތަނަށް ފަހިވެފައެއް ނުވެ އެވެ. އެކަމަކު ކެޓްރީނާ މިހާރު އޮތީ ޝާހިދުގެ ކޮއްކޮ އިޝާން ހައްތަރާ އެކު ފިލްމެއް ކުޅެފަ އެވެ. އެއީ ކާސްޓްގައި ސިދާންތު ޗަތުރަވެތީ ވެސް ހިމެނޭ އަންނަ އަހަރުގެ ޖުލައި 15 ގައި ރިލީޒްކުރާ ހޮރޯ ކޮމެޑީ "ފޯންބޫތު" އެވެ.

ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ މުރްލާން ތާކޫރް ބަތަލާގެ ރޯލު ކުޅެފައިވާ އަދި މި މަހުގެ 31 ގައި ރިލީޒްކުރާ "ޖާޒީ" އެވެ. މި ފިލްމުގެ ރޯލަކުން ޝާހިދުގެ ބައްޕަ ޕަންޖަކް ކަޕޫރް ވެސް ފެންނާނެ އެވެ.