13 ޑިސެމްބަރ 2021
ހަފުތާއަކު މަސައްކަތްކުރާ ވަގުތު 32 ގަޑިއިރަށް މަދުކޮށް، ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަށް ގޮވާލާ ބިލެއް އެމެރިކާގެ ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
ހަފުތާއަކު މަސައްކަތްކުރާ ވަގުތު 32 ގަޑިއިރަށް މަދުކޮށް، ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަށް ގޮވާލާ ބިލެއް އެމެރިކާގެ ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
މި ބިލް ހުށަހެޅުއްވީ ކެލިފޯނިއާގެ ދާއިރާއެއް ތަމްސީލު ކުރައްވާ ވެރިކަންކުރާ، ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއް ކަމަށްވާ މާކް ޓަކޯނޯ އެވެ.
އޭނާ ހުށަހެޅުއްވި "32 އަވާ ވޯކްވީކް އެކްޓް" ގައި ބުނެފައި ވަނީ ހަފުތާ އަކު މަސައްކަތް ކުރަން ޖެހޭ ވަގުތު 40 ގަޑިއިރުން 32 ގަޑިއިރަށް މަދުކުރުމަކީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންވެ ހަފުތާ އަކު މަސައްކަތްކުރަން ޖެހޭ ރަސްމީ ވަގުތު 32 ގަޑިއިރަށް މަދުކޮށް، ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަކީ މިހާރަށް ބަލާ އިރު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި ބަދަލާ އެކު އެމެރިކާގައި މަސައްކަތުގެ ރަސްމީ ދުވަސްތަކުގެ ގޮތުގައި ބަލާނީ ހަފުތާގެ ހަތަރު ދުވަހެވެ. އަނެއް ތިން ދުވަކީ ހަފުތާގެ ބަންދު ދުވަސްތަކެވެ. މި ބިލަށް ޑިމޮކްރެޓިކް ޕާޓީގެ ވަރަށް ގިނަ މެމްބަރުން ތާއީދު ވެސް ކޮށްފައިވާ އިރު، މާކް ވިދާޅުވީ ބިލް ފާސްވެ، ގާނޫނަކަށްވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
As a longtime member of @USProgressives, I am so proud that the caucus voted to endorse my 32-Hour Workweek Act in support of transitioning toward a modern-day business model that prioritizes productivity, fair pay, and an improved quality of life for workers across the country. pic.twitter.com/MIarMhBkjp
— Mark Takano (@RepMarkTakano) December 7, 2021
މާކް ވިދާޅުވި ގޮތުގައި ހަފުތާ އަކު މަސައްކަތްކުރަން ޖެހޭ ވަގުތު މަދުކޮށް، މުވައްޒަފުންނަށް ހަފުތާ ބަންދަށް ތިން ދުވަސް ދިނުމަކީ މަސައްކަތާއި އާއިލީ ގުޅުން ބެލެންސް ކުރަން ވަރަށް ބޮޑު ބާރަކަށްވާނެ އެވެ. އަދި އާއިލީ ގުޅުންތައް ބަދަހިވެ، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވާން މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
People are spending more time at work, less time with loved ones, their health and well-being is worsening, and their pay has remained stagnant.
— Mark Takano (@RepMarkTakano) December 7, 2021
It’s time for change. I am confident that with the CPC behind this bill, we can create that change. https://t.co/CqA1iltThd
"ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް އަހަރެމެން މިހާރު އުޅޭތާ ދެ އަހަރެއްހާ ދުވަސްވަނީ. އެކަމަކު އަދިވެސް ކުރީގެ އާދަތަކުގެ ތެރެއަށް މުޅިން ދެވޭކަށް ވެސް ނެތް. އެއީ ދެން އެހާ ފަސޭހަ ކަމަކަށް ވެސް ނުވާނެ،" މާކް ވިދާޅުވި އެވެ.
އެހެންވެ މިހާރު އެބަޖެހޭ އާ ވިސްނުންތަކެއްގެ ތެރެއިން މަސައްކަތުގެ ވަގުތާއި ވައްޓަފާޅި އަށް ވެސް ބަދަލުތަކެއް ގެންނަން."
It's past time for a 32-hour workweek.
— Mark Takano (@RepMarkTakano) December 9, 2021
My progressive colleagues and I are ready for this change. Are you? https://t.co/Qmf6Zce9s3
އޭނާ ވިދާޅުވި ގޮތުގައި ހަފުތާ ބަންދަށް ތިން ދުވަސް ކަނޑައެޅުމަކީ ހުރިހާ ދިމާއަކުން ވެސް "ޕޮޒިޓިވްކޮށް" ނަގަން ޖެހޭ ކަމެކެވެ.
"އަހަރެން ވަރަށް އުންމީދުކުރަން ބިލް ފާސްވެ ގާނޫނަކަށް ވާނެ ކަމަށް. މީގެ ސަބަބުން ޔަގީނުން ވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ." މާކް ވިދާޅުވި އެވެ.
އެމެރިކާ އިން މިފަދަ ބަދަލެއް ގެންނަން މަސައްކަތްކުރާ އިރު، އައިސްލޭންޑަކީ ރަސްމީ ހަތަރު ދުވަހުގެ މަސައްކަތް ކާމިޔާބު ކަމަށް ބުނާ ގައުމެކެވެ.
900 މުވައްޒަފުން ވަކިކުރި ސީއީއޯ އެކަހެރިކޮށްފި
އެމެރިކާގެ ރިޕަބްލިކަނުން އިލްހާން އުމަރާ ދެކޮޅަށް
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ
ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި
ޓްރަމްޕު ހެކިބަސް ދެއްވުމަށް އަމުރެއް ނެރެފި
ޓްރަމްޕަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ކޮމިޓީ
އެމެރިކާ އިން ޔޫކްރޭނަށް 39.8 ބިލިއަން ޑޮލަރު ދެނީ
ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރައްވަނީ
ހަނގުރާމައިގައި ރަޝިޔާ އަށް ކުރިއެރުމެއް ނުލިބޭ
ޑިކްޓޭޓަރު ޕުޓިން، އަގު ދައްކަންޖެހޭނެ: ބައިޑެން