Roadha Mihaaru
އިރާގުން ޓިކްޓޮކް މަނާކޮށްފި

އިރާގުން ޓިކްޓޮކް މަނާކޮށްފި

13 ޑިސެމްބަރ 2021

އާންމު މިންގަނޑަށް ނުފެތޭ ކޮންޓެންޓްތަކާ ހެދި އިރާގުގައި ޓިކްޓޮކް މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމު މިންގަނޑަށް ނުފެތޭ ކޮންޓެންޓްތަކާ ހެދި އިރާގުގައި ޓިކްޓޮކް މަނާކޮށްފި އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ އެ އެޕް އިރާގުގައި މަނާކުރުމާ ބެހޭ ގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެއަށް ފިޔަވަޅު އަޅަން މަޖުބޫރުވީ އާންމު މިންގަނޑަށް ނުފެތޭ ބޭ އަދަބީ ކޮންޓެންޓްތައް އާންމުކުރާ މައްސަލަ ބޮޑުވެގެންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މާ ބޮޑު ތަފުސީލެއް ދީފައެއް ނުވެ އެވެ.

ޓިކްޓޮކަށް މީގެ ކުރިން ބައެއް އެހެން ގައުތަކުން ވެސް ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން އިންޑިއާގައި އޮތީ އެ އެޕް މަނާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޕާކިސްތާނުން ޓިކްޓޮކް މަނާކުރުމަށް ފަހު، ފަހުން ހުއްދަ ދީފައި ވަނިކޮށް އެއާ ގުޅޭ ގޮތުން ލިބެމުން ދިޔަ ޝަކުވާތަކާ ގުޅިގެން މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެ އެޕް އަލުން އެ ގައުމުގައި މަނާކޮށްފައިވެ އެވެ.

ޓިކްޓޮކަކީ ކުރު ވީޑިއޯތައް އަޕްލޯޑް ކުރަން ހާއްސަ އެޕެކެވެ. އަދި މިއީ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.