08 ޖޫން 2022
އޭޕްރީލް، 2017 ގައި ޖުމްހޫރީ ޕާޓީގެ މައިޖަގަހަ ކަމަށްވާ މ. ކުނޫޒުގައި ބޮމެއް ގޮއްވާލަން ރޭވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
އޭޕްރީލް، 2017 ގައި ޖުމްހޫރީ ޕާޓީގެ މައިޖަގަހަ ކަމަށްވާ މ. ކުނޫޒުގައި ބޮމެއް ގޮއްވާލަން ރޭވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
އައިއީޑީއެއް ތައްޔާރުކޮށްގެން ގޮއްވާލަން ރޭވި ކަމަށް ބުނެ 2017 ވަނަ އަހަރު ހައްޔަރުކޮށް، ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރަނީ ހަތަރު މީހެއްގެ މައްޗަށެވެ.
އެއީ ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުހައްމަދު ސައީދާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި އެރަށު ވިދުވަރުގޭ ނާސިއު މުހައްމަދުގެ އިތުރުން ހދ. ނާވައިދޫ ރިވެލި، ޝިމާން ޝަރީފްގެ މައްޗަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސިއްރުކޮށްގެން ގެންދިއުމަށްފަހު އާންމުކޮށް ހުޅުވާލީ މިއަދެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި އެ މީހުން ރޭވީ ކުނޫޒުގައި ޖަލްސާއެއް ބާއްވަމުން ދަނިކޮށް އެތަނުގައި އެއްޗެއް ގޮއްވާލަން ކަމަށެވެ.
އެ ހަތަރު މީހުންގެ ތެރެއިން ނާސިއު ފިޔަވައި ދެން ތިބި މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނާސިއުގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.
އެ މީހުން ދައުވާއަށް އިންކާރު ކުރުމުން އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކެއް ދައުލަތުން ހާމަކުރި އެވެ. އަދި މަދަނީ މިންގަނޑުން ހެކިތަކަށް ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި އެވެ.
އޭޕްރީލް، 2017 ގައި ކުނޫޒުގައި އެއްޗެއް ގޮއްވާލަން ރޭވި ކަމަށް ދައުލަތުން ބުނާއިރު އެދުވަސްވަރަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގުޅިވަޑައިގެން އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް އޭރު ކުނޫޒުގައި ބާއްވަމުން ދިޔަ ދުވަސްވަރެވެ.
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް
ރާއްޖެ ޓީވީގައި ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށް
އަދުހަމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރަނީ
ބޮމުގެ ހަމަލާ: އިތުރު ތިން މީހަކު ދައުވާއަށް އިންކާރު
ނަޝީދަށް ހަމަލާ ދިން ކަމަށް އަދުހަމް އެއްބަސްވެއްޖެ
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ރާވާކަމުގެ ތުހުމަތު