ޖެހިޖެހިގެން ދެވަނަ އަހަރު ދުނިޔޭގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.
17 ޑިސެމްބަރ 2021
ޖެހިޖެހިގެން ދެވަނަ އަހަރު ދުނިޔޭގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.
ރާއްޖެއިން މި އެވޯޑު ހާސިލްކޮށްފައިވަނީ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021 ގެ ހަފްލާގަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ގަ އެވެ. މި އެވޯޑަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
މިއީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ އެވޯޑެކެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގޮންޖެހުތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް ލިބުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
ރާއްޖެއިން ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހާސިލްކޮށްފައިވަނީ 18 މަންޒިލަކާ ވާދަކޮށްގެނެވެ. މީގެތެރޭގައި ދުބާއީ، ސްޕެއިން، ވިއެޓްނާމް، ޔޫއެސްއޭ އަދި ގްރީސް ހިމެނެ އެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުނީ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގައި ރާއްޖެއަކީ އައުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކޮށް އެކަން ކާބިޔާބު ކަމާ އެކު ހާސިލުވި ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކުންފުނިން މަސައްކަތްކުރާނީ ތަފާތު އެކި ގޮތްތައް ބޭނުން ކޮށްގެން ރާއްޖެ އިޝްތިހާރު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ލޮކްޑައުނަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުން ރާއްޖޭގެ ބޯޑަރު ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. ރާއްޖެއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު އެންމެ އަވަހަށް ދުނިޔެއަށް ހުޅުވާލި އެއް ގައުމެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިއަހަރަށް ކަނޑައެޅި ޓާގެޓް ވެސް މިދިޔަ ނޮވެމްބަރު މަހު ހާސިލުވި އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ ޕްރޮމޯޓްކުރަން ގަތަރު އެއާވޭސްއިން އެއްބަސްވެއްޖެ
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ