Roadha Mihaaru
އެންޒީ މަސްދަޅުގެ އަގު ހެޔޮކޮށްފި

އެންޒީ މަސްދަޅުގެ އަގު ހެޔޮކޮށްފި

06 އެޕްރީލް 2020

ކޮރޯނާވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމާ ގުޅިގެން އާންމުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އެންޒީން މަސްދަޅަކުން ތިން ރުފިޔާ އަގު ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޯނާވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމާ ގުޅިގެން އާންމުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އެންޒީން މަސްދަޅަކުން ތިން ރުފިޔާ އަގު ހެޔޮކޮށްފި އެވެ.

މަސް ބަންދުކޮށް، މަހުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެންސިސް ގްރޫޕްގެ ދަށުން ހިންގާ އެންޒީ ފިހާރައިން ބުނީ އަގަށް ބަދަލު ގެނައީ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެންނާއި ރޯދަ މަހު ގޭގޭގައި އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތަކީ މަސް ދަޅު ކަމަށްވާތީ ކަމަށެވެ.

މިގޮތުން ތެޔޮ މަސްދަޅެއް 15ރ. އިން 12ރ. އަށް އަދި ފެން މަސްދަޅެއް 11.50ރ އަށް ވަނީ އަގު ކުޑަ ކޮށްފަ އެވެ. ކޭސް ގަންނަ ނަމަ ތެޔޮ މަސްދަޅު ކޭހެއް 555ރ، އަށް އަދި ފެން މަސް ކޭހެއް 530ރ. އަށް ލިބޭނެ ކަމަށް އެންޒީން ބުންޏެވެ.

މި ދުވަސްވަރާ ދިމާކޮށް އެންޒީން އަންނަނީ ޑެލިވަރީގެ ހިދުމަތް ވެސް ދެމުންނެވެ.

ޑެލިވަރީކުރަން އޯޑަރު ދޭން ގުޅަންޖެހޭނީ މާލެ އިން ނަމަ 7248899 އަށް، ހުޅުމާލެ އިން ނަމަ 7258899 އަށެވެ. ގުޅަންޖެހޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އާ ދެމެދު އެވެ. ޑެލިވަރީކޮށްދޭނީ އޯޑަރު ދޭ ދުވަހު ނޫން އަނެއް ދުވަހު އެވެ.

މަސްދަޅުގެ އަގު ހެޔޮކުރި ކަމުގައި ވިޔަސް މިވަގުތު ހިނގަމުންދާ "އެންޒީ ވަަރަށް ފައްކާ" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެގޮތުން މި ޕްރޮމޯޝަންގެ ނަން ޖަހާފައިވާ ކޮންމެ މަސްދަޅެއްގައި އިންނަ ލޭބަލްކޮޅުގެ ފަހަތުގައި އިންނަ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މިގޮތަށް އެސްއެމްއެސްކުރާ މީހުންގެ މެދުގައި ކޮންމެ މަހަކު ގުރުއަތު ނަގާނެ އެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހުންނަށް 1،000ރ. އާއި 5،000ރ. އާއި 10،000ރ. ގެ ފައިސާގެ އިނާމުތައް ކަނޑައަޅާފައިވެ އެވެ.

އެ ފިހާރައިން ބުނީ އެންޒީ މަސްދަޅު މި އަގުގައި ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ. އެންޒީގެ މަސްދަޅު އުފައްދާ އެންސިސް ފިޝަރީޒް އަކީ ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ ކުންފުންޏަކަށް ވާއިރު މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ހެޔޮކޮށް ދިނުމަކީ އެންސިސް ފިޝަރީޒްގެ އެންމެ ބޮޑު އަމާޒު ކަމަށް އެކުންފުނިން ބުންޏެވެ.