Roadha Mihaaru
އެންޒީ"ވަރަށް ފައްކާ ޕްރޮމޯޝަން"ގެ ފުރަތަމަ ލަކީޑްރޯ

އެންޒީ "ވަރަށް ފައްކާ ޕްރޮމޯޝަން"ގެ މާޗް މަހުގެ ލަކީޑްރޯ ނަގައިފި

13 އެޕްރީލް 2020

އެންޒީން ކުރިއަށް ގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަންގެ" ފުރަތަމަ މަހުގެ ލަކީޑްރޯ ނަގައި، ނަސީބުވެރިންނަށް ފައިސާގެ އިނާމު ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންޒީން ކުރިއަށް ގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަންގެ" ފުރަތަމަ މަހުގެ ލަކީޑްރޯ ނަގައި، ނަސީބުވެރިންނަށް ފައިސާގެ އިނާމު ދީފި އެވެ.

ލަކީޑްރޯ ނަގާފައިވަނީ ޓީވީއެމުން ލައިވްކޮށް ރޭގައި 10 ޖެހިއިރު ގެނެސްދިން ޕްރޮގްރާމުގެ ތެރޭގަ އެވެ.

ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި 1،000ރ. އާއި 5،000ރ. އާއި 10،000ރ. ތިން ނަސީބުވެރި ފަރާތަކަށް ލިބިފައިވެ އެވެ. މިދިޔަ މަހުގެ ނަސީބުވެރިންނަށް އެންޒީން ވަނީ ގުޅާ، ފައިސާ އާ ހަވާލުވުމަށް އަންގައިފަ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެންޒީގެ މަސްދަޅުގެ ލޭބަލް ތިރީގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެންމެ މަސްދަޅެއް ގަނެގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ކޮންމެ މަހަކު ހޮވާ ނަސީބުވެރިންގެ އިތުރުން މުޅި ޕްރޮމޯޝަނުން ވެސް ތިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އޮގަސްޓް މަހުގެ ތެރޭ ނަގާ މި ގުރުއަތުން އެއް ވަނަ އަށް ދާ މީހަކަށް 100،000ރ. ގެ އިނާމެއް ލިބޭނެ އެވެ. އަދި ދެވަނައަށް 50،000ރ. އަދި ތިންވަނަ އަށް 30،000ރ. ލިބޭނެ އެވެ.

މިވަގުތަކީ ވިޔަފާރިތަކުން އާންމު ފަރުދުންނަށް ވީހާވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެއް ކަމުން އެންޒީން މަސްދަޅުގެ އަގު 6 އޭޕްރިލުން ފެށިގެން ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފަ އެވެ. އަގަށް ބަދަލު ގެނެސްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންނާއި ކުރިއަށް އޮތް ރަމަޟާން މަސް ކަމަށް ވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރާ އެއް އުފެއްދުމަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެންޒީން ބުނެ އެވެ.

މިގޮތުން ތެޔޮ މަސްދަޅެއް 12ރ. އަށް އަދި ފެން މަސް ދަޅެއް އެންމެ 11.50ރ. އަށް ވަނީ އަގު ކުޑަ ކުރެވިފަ އެވެ. ކޭސް ނަގާ ނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ. އަށް އަދި ފެން މަސް ކޭހެއް 530ރ. އަށް ލިބޭނެ އެވެ.

ޑެލިވަރީކުރަން އޯޑަރު ދޭން ގުޅަންޖެހޭނީ މާލެ އިން ނަމަ 7248899 އަށް، ހުޅުމާލެ އިން ނަމަ 7258899 އަށެވެ. ގުޅަންޖެހޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އާ ދެމެދު އެވެ. ޑެލިވަރީކޮށްދޭނީ އޯޑަރު ދޭ ދުވަހު ނޫން އަނެއް ދުވަހު އެވެ.

އެންޒީގެ މަސްދަޅު އުފައްދާ އެންސިސް ފިޝަރީޒް އަކީ ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ ކުންފުންޏަކަށް ވާއިރު މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ހެޔޮކޮށް ދިނުމަކީ އެންސިސް ފިޝަރީޒްގެ އެންމެ ބޮޑު އަމާޒު ކަމަށް އެކުންފުނިން ބުންޏެވެ.