Roadha Mihaaru
އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް

އެޕް ސްޓޯރް އިންޑިއާގައި ވެސް މައްސަލައަކަށް

21 ޑިސެމްބަރ 2021

އެޕަލްގެ އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް "މަޖުބޫކުރާ ގޮތަށް" އަދި ޓެކް ކުންފުނިތަކުގެ ވާދަވެރި ކަމަށް ވެސް ބުރޫއަރާ ގޮތަށް އިންޑިއާގައި މަސައްކަތްކުރާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް "މަޖުބޫކުރާ ގޮތަށް" އަދި ޓެކް ކުންފުނިތަކުގެ ވާދަވެރި ކަމަށް ވެސް ބުރޫއަރާ ގޮތަށް އިންޑިއާގައި މަސައްކަތްކުރާ ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް ކޮމްޕެޓިޝަން ކޮމިޝަން އޮފް އިންޑިއާ (ސީސީއައި) އަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ ކުންފުނިން "މޮނޮޕޮލީ" އަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ މައްސަލަ ހުށަހެޅީ އަމިއްލަ ޖަމާއަތެއް ކަމަށްވާ "ޓުގެދާ ވީ ފައިޓް ސޮސައިޓީ" އިންނެވެ. އެތަނުން ބުނެފައި ވަނީ އެޕް މާކެޓަށް ބުރޫއަރާ ގޮތަށް އެޕް ސްޓޯރްގެ އަމަލުތައް ބަހައްޓައި އެ ޕްލެޓްފޯމް "އިހުތިޔާރުކުރަން" ޑިވެލޮޕަރުންނަށް މަޖުބޫރުކުރާ" ކަމަށެވެ. އެހެންވެ އެއީ އެޕް މާކެޓް ނަހަމަ ގޮތުގައ ބޭނުންކުރުން ކަމަށާއި އެޕަލްގެ އެ އަމަލާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވެ އެވެ.

އެޕް ސްޓޯރަކީ އެ ޕްލެޓްފޯމުން ޑައިންލޯޑްކުރާ އެޕްތަކުން ޑިވެލޮޕަރުންގެ އަތުން ފައިދާގެ 30 ޕަސަންޓް ބައިއަޅާ ގޮތަށް އުސޫލު ވެސް ގެންގުޅޭ ތަނެކެވެ.

މި މައްސަލަ ބޮޑުވެގެނެ 2019 ވަނަ އަހަރު މަޝްހޫރު ގޭމް، "ފޯޓްނައިޓް" ގެނެސްދޭ އެމެރިކާގެ ކުންފުނި، އެޕިކް ގޭމްސް އެޕަލްގެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އެދި އެކަމާ ގުޅިގެން ކޯޓްގައި ދެ ކުންފުނީގެ މެދުގައި ބޮޑެތި އަރާރުންތަކެއް ވެސް މި ފަހުން ހިނގާފައިވެ އެވެ.

ހަމަ މި މައްސަލަ މިގޮތަށް މިހާރު އިންޑިއާ އިން ޖައްސާ އިރު، އެޕަލް އިން ވަނީ އެޕް މާކެޓް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ސީސީއައި އިން ބޭރުކޮށް ދިނުމަށް ހުށަހަޅައިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އެޕަލް އަކީ އިންޑިއާގެ މާކެޓްގައި ވަރަށް ކުޑަ ހިއްސާއެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން އެޕް މާކެޓްގައި އެ މީހުންގެ ހިއްސާ އަކީ 0-5 ޕަސެންޓަށްވާ އިރު، އެޕް މާކެޓް ނަހަމަ ގޮތުގައި އެޕަލް އިން ހިފާ ކަމަށް ބުނުމަކީ އެއްވެސް އަސާސް ނެތް ވާހަކަތަކެއް ކަމަށް ބުންޏެވެ.

ސީސީއައި.

ސީސީއައި.

އެޕަލް އިން ބުނި ގޮތުގައި އެ ދާއިރާ އިން އިންޑިއާގައި ރަސްކަން ކުރަނީ ގޫގުލް އެވެ. އެގޮތުން އެ ގައުމުގެ އާބާދީ ބޮޑުގެ ބަޔަކީ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށްވާ އިރު، އެޕް މާކެޓްގައި ގޫގުލް ޕްލޭ ސްޓޯރްގެ ހިއްސާ 90-100 ޕަސެންޓަށް އަރާ ކަމަށް ބުންޏެވެ.

ކައުންޓަޕޮއިންޓް ރިސާޗުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އިންޑިއާގައި ބޭނުންކުރާ 250 މިލިއަން ސްމާޓްފޯނުގެ ތެރެއިން އައިއޯސް ބޭނުންކުރަނީ އެންމެ ދެ ޕަސެންޓް ޑިވައިސްތަކުގަ އެވެ. އެހެންވެ އިންޑިއާގައި ނަގާކިޔަނީ އެންޑްރޮއިޑް ޑިވައިސްތަކެވެ.

"އަހަރެމެންނަށް [މާ ބޮޑު] މާކެޓެއް ނުވެސް ނެތް ތަނެއްގައި އެޕް މާކެޓް އެބިއުޒްކުރާ ކަމަށް ބުނެ މައްސަލަ ޖެއްސުމަކީ ތާކުންތާކު ޖެހޭ ކަމެއްނޫން. އެހެންވެ ސީސީއައި އިން އެ މައްސަލަ ބޭރުކޮށް ދިނުމަށް އެދެން." ސީސީއައި އަށް މި މަހުގެ 16 ގައި ހުށަހެޅި ހުށަހެޅުމާ ބެހޭ ގޮތުން އެޕަލްގެ ޗީފް ކޮންޕްލަޔަންސް އޮފިސަރު ކައިލް އަންދީރް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އިންޑިއާ އިން އެޕް ސްޓޯރާ ދެކޮޅަށް ހުށަހެޅި މައްސަލަ އަކީ އެޕް ސްޓޯރާ ދެކޮޅަށް މިހާރި މަސައްކަތްކުރާ އެހެން ފަރާތްތަކުން ވާގި ދީގެން ކޮށްފައިވާ ކަމެކެވެ.

އެޕް ސްޓޯރާ ދެކޮޅަށް ސީސީއައި އަށް ހުށަހެޅި މައްސަލަ ރިވިއުކޮށް ވަރަށް އަވަހަށް އެތަނުން ގޮތެއް ނިންމާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.