Roadha Mihaaru
އެޕަލް އިން ފިޓްނެސް އެޕެއް ލޯންޗްކުރަނީ

އެޕަލް އިން ފިޓްނެސް އެޕެއް ލޯންޗްކުރަނީ

18 އޯގަސްޓް 2020

ސަބްސްކްރައިބްކޮށްގެން ބޭނުންކުރެވޭ ގޮތަށް އެޕަލް އިން ފިޓްނެސް އަށް ހާއްސަ އެޕެއް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަބްސްކްރައިބްކޮށްގެން ބޭނުންކުރެވޭ ގޮތަށް އެޕަލް އިން ފިޓްނެސް އަށް ހާއްސަ އެޕެއް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ އެޕް އޮކްޓޯބަރު މަހު ލޯންޗްކުރާނެ އެވެ. ބައެއް މީޑިއާތަކުން ބުނީ ފިޓްނެސް އެޕް އެޕަލް އިން ލޯންޗްކުރުމުގެ ފުރުސަތު ބޮޑީ އެޕަލްގެ އާ އައިފޯން އިވެންޓްގައި ކަމަށެވެ.

އަންނަ މަހު އެޕަލްގެ އާ ފޯނު ނެރެން ކުރިން ނިންމި ނަމަވެސް އެކަން ފަސްކޮށްފައިވާ ކަމަށް މި މަހުގެ ކުރީކޮޅު އެޕަލްއިން ބުނެފައިވެ އެވެ. އެހެންވެ އޮކްޓޯބަރުގެ ތެރޭގައި އެޕަލްގެ ފިޓްނެސް އެޕް އަންނާނެ ކަމަށް ބެލެވެ އެވެ.

އެޕަލްގެ ފިޓްނެސް އެޕުން ކަސްރަތުގެ ތަފާތު ވާޗުލް ކްލާސްތަކާއި ކަސްރަތާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާނެ ވަރަށް ގިނަ ކޮންޓެންޓްތައް ގެނެސްދޭނެ އެވެ. އަދި އެޕަކީ އައިފޯނާއި އައިޕެޑާއި އެޕަލް ޓީވީގައި ވެސް ވަރަށް ފަސޭހައިން ބޭނުންކޮށްލެވޭނެ އެއްޗަކަށްވާނެ ކަމަށް ބުންޏެވެ.

އެޕަލްގެ ދަށުން މިހާރު ވެސް މުހިއްމު އެހެން ބައެއް ހިދުމަތްތަކެއް ދެ އެވެ. އޭގެ ތެރޭގައި އެޕަލް މިއުޒިކާއި އެޕަލް ޓީވީ ޕްލަސް އާއި އެޕަލް އާކޭޑް ފާހަގަކޮށްލެވެ އެވެ.