Roadha Mihaaru
"ބޭބެއާ ދެކޮޅަށް ކުޅެން ޖެހޭތީ ޕޮގްބާ ހުރީ އުފަލުން"

ބޭބެއާ ދެކޮޅަށް ކުޅެން ޖެހޭތީ ޕޮގްބާ ހުރީ އުފަލުން: މޮރީނިއޯ

13 ޑިސެމްބަރ 2016

މެންޗެސްޓާ (ޑިސެމްބަރު 13) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ސެއިން އެޓިއެން އަށް ކުޅޭ އެއްބަނޑު އެއްބަފާ ބޭބެ ފްލޮރެންޓީން ޕޮގްބާއާ ދެކޮޅަށް ކުޅެންޖެހޭތީ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާގެ ހުރީ އުފަލުން ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

"މިއީ ޕޮގްބާ އާއިލާ އަށް ވަރަށް ހާއްސަ މެޗެއް. ބޭބެއާ ދެކޮޅަށް ކުޅެން ޖެހުމުން ޕޮގްބާގެ މޫނުމަތިން ފެނުނީ ހިތްހަމަ ޖެހުން. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ހިނގާ ކަންތައްތައް. މި ފަހަރު މި ނަސީބު މި ލިބުނީ ޕޮގްބާ އަށް،" މޮރީނިއޯ ބުންޏެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑާއި ސެއިން އެޓިއެން ކުޅޭ ފުރަތަމަ ލެގު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޔުނައިޓެޑް ދަނޑުގަ އެވެ. އޭގެ ހަފްތާއެއް ފަހުން ދެ ވަނަ ލެގު ސެއިން އެޓިއެން ދަނޑުގައި ކުޅޭނެ އެވެ.

މޮރީނިއޯ ބުނީ ސެއިން އެޓިއެން އަކީ ފްރާންސްގެ ފުޓްބޯޅައިގައި ވަރުގަދަ ނަމެއް ކަމަށެވެ.

ޕޮގްބާގެ ދެ ބޭބެ މަޓިއަސް އާއި ފްލޮރެންޓިން.--

ޕޮގްބާގެ ދެ ބޭބެ މަޓިއަސް އާއި ފްލޮރެންޓިން.--

"ފްރާންސް ފުޓްބޯޅައިގެ ފެންވަރު އެންމެނަށް އެނގޭ. ސެއިން އެޓިއެން އަކީ ފްރާންސްގައި ވަރުގަދަ ބާރެއް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތެއް ނަމަވެސް ޔުނައިޓެޑަށް މި މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ މިއީ ތާރީހީ ގޮތުން ބަލާއިރު ޔޫރަޕްގައި އެ ޓީމަށް ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ވަރުގަދަ އެހެން މެޗުތަކަށް ބަލާއިރު، އެންޑަލެކްްޓް ކުޅޭނީ ޒެނިޓްއާ އެވެ. ވިޔަރެއާލާއި ރޯމާ ބައްދަލުކުރަން ޖެހުނުއިރު، ޓޮޓެންހަމް ކުޅޭނީ ގެންޓްއާ އެވެ. ބޮރޫޝިއާ މޮންޗެންގްލަޑްބެކާއި ފިއޮރެންޓީނާ ކުޅޭއިރު، މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޒްރޭލުގެ ހަޕޮއެލް ބީރްޝާވާ ކުޅޭނީ ތުރުކީގެ ބެސިކްޓާސްއާ އެވެ.