Roadha Mihaaru
"އެލްމާސް" އާއި "ޝާޕީ" ބްރޭންޑް ރާއްޖެ އަށް

"އެލްމާސް" އާއި "ޝާޕީ" ބްރޭންޑް ރާއްޖެ އަށް

22 ޑިސެމްބަރ 2021

ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ "އެލްމާސް" އާއި "ޝާޕީ"ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑް ކަމަށްވާ "އެލްމާސް" އާއި "ޝާޕީ"ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޕްރޮކިއުއާ ޕްލަސް އިން ވަނީ އެލްމާސް ބްރޭންޑުގެ ތަފާތު އެކި ބާވަތްތަކުގެ ތެރަހާއި ސްލައިމް އާއި ޝާޕީ ބްރޭންޑްގެ މާކަރާއި ފިބާ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.

އެލްމާސްގެ އުފެއްދުންތަކަކީ ކްރާފްޓް މަސައްކަތްތަކުގެ އިތުރުން ސްކޫލު ކުދިންނަށް ބޭނުން ކުރުމަށް އުފައްދާފައިވާ ކޮލިޓީ ރަނގަޅު އުފެއްދުމެއް ކަމަށެވެ. އަދި އެ ބްރޭންޑްގެ ސްލައިމަކީ ވެސް ބޭނުންކޮށްލަން ފަސޭހަ، ވިހަ މާއްދާތައް ވެސް ނުހިމެނޭ އުފެއްދުމެއް ކަމަށް އެތަނުން ބުންޏެވެ.

އެލްމާސްގެ ލިކުއިޑް ގްލޫގައި ވެސް ރައްކާތެރި، ފަސޭހައިން ސާފުކޮށްލެވޭ އަދި ވިހަ މާއްދާތަކެއް ނުހިމެނެ އެވެ. އެހެންކަމުން މިއީ ކުޑަކުދިން ބޭނުން ކުރައްކާތެރި އުފެއްދުމެކެވެ.

އެލްމާސްގެ އެހެން އުފެއްދުންތަކުގެ ތެރޭގައި މެޖިކަލް ލިކުއިޑް ގްލޫ އާއި ގްލިޓާ ގްލޫ އާއި ޕްރީމޭޑް ސްލައިމް ކިޓް ހިމެނެ އެވެ. އަދި ސްލައިމް ސްޓާޓާ ކިޓް އާއި މެޓަލިކް ސްލިމް ކިޓްގެ އިތުރުން ކްލޯ އިން ދަ ޑާކް ސްލައިމް ކިޓް އާއި ކަލާ ޗޭންޖިން ސްލައިމް ކިޓް ވެސް ހިމެނެ އެވެ.

ޝާޕީގެ ކުލަ މާކަރު. މި ތަކެތި ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ--ފޮޓޯ:ޕްރޮކިއުއާ

ޝާޕީގެ ކުލަ މާކަރު. މި ތަކެތި ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބޭނެ--ފޮޓޯ:ޕްރޮކިއުއާ

ޕްރޮކިއުއާ އިން ވަނީ އެލްމާސް ބްރޭންޑްގެ ވުޑް ގްލޫ އާއި މަލްޓި ޕާޕަސް ކްލޫ ވެސް ތައާރަފްކޮށްފަ އެވެ.

ވުޑް ގްލޫ ބޭނުންކޮށްގެން ފަރުނީޗަރާއި ގޭތެރޭގެ އެހެން ބައެއް ތަކެތި ހަލާކުވުމުން ތަތްކޮށްލެވޭނެ އެވެ. މި ތެރަހުގައި ވެސް ވިހަ މާއްދާތައް ނުހިމެނޭނެ އެވެ. ތެރަހުން ވިއްސަކަށް މިނެޓް ތެރޭގައި ލަކުޑިން ހަދާފައި ހުންނަ ތަކެތި ތަތްކޮށްލެވޭނެ އެވެ. އަދި ސެރެމިކް އާއި ލެދާގެ އިތުރުން ފޮތީގައި ވެސް ބޭނުން ކޮށްލެވޭނެ އެވެ.

ޝާޕީ މާކަރު: ޝާޕީ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ވަނީ ޕްރޮކިއުއާ އިން ރާއްޖޭގެ ބާޒާރަށް ނެރެފައި-- ފޮޓޯ: ޕްރޮކިއުއާ

ޝާޕީ މާކަރު: ޝާޕީ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ވަނީ ޕްރޮކިއުއާ އިން ރާއްޖޭގެ ބާޒާރަށް ނެރެފައި-- ފޮޓޯ: ޕްރޮކިއުއާ

އެ ފިހާރައިން ރާއްޖެ އަށް ތައާރަފް ކުރި ޝާޕީ ބްރޭންޑްގެ ގިނަ އުފެއްދުންތަކެއް ވެސް ވަނީ ބާޒާރަށް ނެރެފަ އެވެ. މީގެ ތެރޭގައި މާކަރާއި ގަލަމާއި ކުލަ ޖެއްސުމަށް ބޭނުން ކުރާ ފިބާ ވެސް ހިމެނެ އެވެ. މިއީ ވެސް ސްކޫލު ކުދިންނާއި އާޓިސްޓުންނަށް ވެސް ސްކެޖު ކުރުމާއި ކުރެހުމަށް ބޭނުން ކުރެވޭނެ އުފެއްދުންތަކެކެވެ.