Roadha Mihaaru
މިއަދުގެ ތާރީހާ ގުޅުވައިގެން ރަންފައުނުގެ ސޭލެއް

މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން ރަންފައުނުން ހާއްސަ ސޭލެއް

02 ފެބުރުއަރީ 2022

ރަންފައުނުން މިއަދުގެ ރީތި ތާރީހަށް ހާއްސަކޮށް "2.2.22 ސަޕްރައިޒް ސޭލް" ނަމުގައި ޕްރޮމޯޝަަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރަންފައުނުން މިއަދުގެ ރީތި ތާރީހަށް ހާއްސަކޮށް "2.2.22 ސަޕްރައިޒް ސޭލް" ނަމުގައި ޕްރޮމޯޝަަނެއް ފަށައިފި އެވެ.

އެ ފިހާރަ އިން ބުނީ މިއީ 02/02/22 ގެ ތާރީހާ ގުޅުވައިގެން، މިހާތަނަށް އެ ތަނުން ވިއްކާ އުފެއްދުންތަކުން އެންމެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެއް ސޭލް ކަމަށެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް މި ޕްރޮމޯޝަންގެ ދަށުން ތަކެތި ގަނެވޭނެ އެވެ.

މިއަދުގެ ތާރީހަކީ މި އަހަރުގެ ތެރޭ އަންނާނެ އެންމެ ރީތި ތާރީހު ކަމަށް ވާއިރު، އެ ތާރީހާ ގުޅުވައިގެން ރާއްޖޭގައި ގިނަ އަދަދެއްގެ ކައިވެނި ވެސް މިއަދު ކުރާނެ އެވެ. ފެމިލީ ކޯޓުން އިއްޔެ ބުނީ މާލޭގައި މިއަދު 39 ކައިވެނި ކުރާ ކަމަށެވެ.

ރަންފައުނުގެ ސޭލްގައި، އެ ފިހާރަ އިން ވިއްކާ އޭސީ، ޓީވީ، އައިސް އަލަމާރި، ދޮންނަ މެޝިން، ވޯޓާ ހީޓަރު ފަދަ ތަކެތި ހެޔޮ އަގުތަކެއްގައި ލިބޭނެ އެވެ. ބައެއް ތަކެތިން 1،000ރ.-500ރ. އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މަޖީދީމަގުން ފަނޑިޔާރުމަގު ދެކަފިވާ ހިސާބުގައި ހުންނަ އެ ފިހާރަ އިން ވިއްކާ ތަކެތީގެ އަގުތަކުގެ ތަފްސީލު ރަންފައުން ފޭސްބުކް ޕޭޖުން ބެލޭނެ އެވެ. މި ސޭލައި ގުޅޭ އިތުރު މައުލޫމާތު ރަންފައުނުގެ ހޮޓްލައިން 7500003 އަދި 3334546 އިން ލިބޭނެ އެވެ.