Roadha Mihaaru
ޑައިމޯގެ "މޯބައިލް ލޭބަލާ" އިން ބޮޑު ޑިސްކައުންޓެއް

ޑައިމޯގެ "މޯބައިލް ލޭބަލާ" އިން ބޮޑު ޑިސްކައުންޓެއް

14 ފެބުރުއަރީ 2022

އޮފީސް ސަޕްލައި އަދި ސްޓޭޝަނަރީ ވިއްކާ ޕްރޮކިއުއާ ޕްލަސް އިން ވިއްކާ "ޑައިމޯ މޯބައިލް ލޭބަލާ" އިން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮފީސް ސަޕްލައި އަދި ސްޓޭޝަނަރީ ވިއްކާ ޕްރޮކިއުއާ ޕްލަސް އިން ވިއްކާ "ޑައިމޯ މޯބައިލް ލޭބަލާ" އިން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން ޑައިމޯ މޯބައިލް ލޭބަލާއެއް 1،500ރ. އަށް ލިބޭނެ އެވެ. އަދި އެއާ އެކު އެއަށް ބޭނުންވާ ޓޭޕް ރޯލެއް ހިލޭ ލިބޭނެ އެވެ.

ޑައިމޯ މޯބައިލް ލޭބަލާ އަކީ އެއްޗެހި ލޭބަލް ކުރުމުގެ މަސައްކަތް ލުއިކޮށްދޭ ޕޯޓަބަލް އުފެއްދުމެކެވެ. ގޭތެރޭގައި އަދި އޮފީސްތަކުގައި ވެސް އެކި އެއްޗެހީގައި ޖަހާ ލޭބަލް ފޯނު ބޭނުންކޮށްގެން މިއިން ވަރަށް ފަސޭހައިން ހެދޭނެ އެވެ.

ޑައިމޯގެ މޯބައިލް ލޭބަލާއެއް: ޕްރޮމޯޝަންގައި މީގެ ލޭބަލާއެއް 1،500ރ.އަށް ލިބޭނެ.

ޑައިމޯގެ މޯބައިލް ލޭބަލާއެއް: ޕްރޮމޯޝަންގައި މީގެ ލޭބަލާއެއް 1،500ރ.އަށް ލިބޭނެ.

މިއީ ބްލޫޓޫތު މެދުވެރިކޮށް ފޯނާ ކަނެޓް ކޮށްގެން ބޭނުންކުރެވޭ ޑިވައިސްއެކެވެ. މި ޑިވައިސް ބޭނުންކޮށްގެން އެކި ކުލަތަކުން އަދި އެކި ފޮންޓުން ލޭބަލް ޕްރިންޓްކުރެވޭނެ އެވެ.

ޑައިމޯގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ޕްރޮކިއުއާ ޕްލަސް ވެފައިވާ އިރު އެ ފިހާރައިން ފަސް ވައްތަރެއްގެ ލޭބަލް މެނޭޖާ މިހާރު އަންނަނީ ވިއްކަމުންނެވެ. ޑައިމޯ ބްރޭންޑަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.