Roadha Mihaaru
އިހުސާން ފިހާރައިން ރޯދަ ޕްރޮމޯޝަނެއް ފަށައިފި

އިހުސާން ފިހާރައިން ރޯދަ ޕްރޮމޯޝަނެއް ފަށައިފި

01 އެޕްރީލް 2021

ރޯދައަށް ހާއްސަކޮށް އިހުސާން ފިހާރައިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދައަށް ހާއްސަކޮށް އިހުސާން ފިހާރައިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. އިހުސާން ފިހާރައިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭނެ ކަމަށެވެ.

އިހުސާން ފިހާރައިން 200ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭނެ އެވެ. ދެވަނަ ހޮވޭ ކަސްޓަމަރަކަށް އޮޓޯ ދޮންނަ މެޝިނެއް ލިބޭ އިރު ގުރުއަތުން ހޮވޭ ތިން ވަނަ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ އިތުރުން ރޯދައަށް ހާއްސަކޮށް އެ ފިހާރައިން ވިއްކާ ގިނަ ބާވަތްތަކެއްގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އެ ގޮތުން އާންމުކޮށް ދިވެހިން ކާބޯތަކެތި ހެދުމަށް އެންމެ ގިނައިން ބޭނުން ކުރާ ފިޔާ، އަލުވި އަދި ބިހުގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އިހުސާން ފިހާރައިން ފިޔާ ކިލޯއެއް 11ރ. އަށް ލިބޭ އިރު އަލުވި ކިލޯއެއް ލިބެނީ 10ރ. އަށެވެ. އަދި ބިހެއް ލިބެނީ 1.75ރ. އަށެވެ. މީ ގެ އިތުރުން ކެއިން ބުއިމުގައި ބޭނުންކުރާ އިތުރު ބާވަތްތަކުގެ އަގު ހެޔޮ ކުރަން އިހުސާން ފިހާރައިން ވަނީ ނިންމާފަ އެވެ.

އިހުސާން ފިހާރައިގެ ހަތަރު ފިހާރަ ހުޅުވފައިވާ އިރު ގަލޮޅުގައި ހުންނަ "އިހުސާން ފިހާރަ 2" އިން ކަސްޓަމަރުންނަށް 24 ގަޑި އިރު ހިދުމަތް އަންނަނީ ދެމުންނެވެ.