Roadha Mihaaru
ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ފަތުހީއަށް

ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ފަތުހީ އަށް

24 ޑިސެމްބަރ 2021

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމަށް އެ ޕާޓީން ދީފި އެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ހޯދުމަށް ޕްރައިމަރީ އަށް ހުޅުވާލުމުން އެކަމަށް އެދި ފޯމު ހުށަހެޅުއްވީ ފަތުހީ އެކަންޏެވެ. އެެހެންވެ، ޕްރައިމަރީއަކާ ނުލައި ފަތުހީއަށް ޕީޕީއެމްގެ ޓިކެޓު ޔަގީންވީ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމަށް އެ ޕާޓީން ދީފި އެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާނެ ބޭފުޅަކު ހޯދުމަށް ޕްރައިމަރީ އަށް ހުޅުވާލުމުން އެކަމަށް އެދި ފޯމު ހުށަހެޅުއްވީ ފަތުހީ އެކަންޏެވެ. އެެހެންވެ، ޕްރައިމަރީއަކާ ނުލައި ފަތުހީއަށް ޕީޕީއެމްގެ ޓިކެޓު ޔަގީންވީ އެވެ.

ކޮމަންޑު އަަށް އުފަން ފަތުހީއަކީ ށ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ފަތުހީ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑަޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިހާބުވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ.

އެމްޑީޕީން އެ އިންތިހާބުގައި ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދެވެ. ޕްރައިމަރީއަކާ ނުލައި އޭނާއަށް ވެސް ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީން ހުޅުވާލާފައިވާ ބައި އިލެކްޝަންގެ ޕްރައިމަރީގައި ބައިވެރިވާން ނަން ހުށަހެޅުއްވީ އޭނާ އެކަނި ކަމަށް ވާާތީ އެވެ.