Roadha Mihaaru
މިއީ ވެސް ހަމަ "ސްރީދޭވީއެއް"

މިއީ ވެސް ހަމަ "ސްރީދޭވީއެއް"

25 ޑިސެމްބަރ 2021

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާ ވައްތަރު މީހުންގެ ލިސްޓަށް އަނެއްކާވެސް މީހަކު އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާ ވައްތަރު މީހުންގެ ލިސްޓަށް އަނެއްކާވެސް މީހަކު އަރައިފި އެވެ.

މި ފަހަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކުރީގެ ބަތަލާ ސްރީދޭވީއާ ވައްތަރު މީހެކެވެ. މީގެ ތިން އަހަރު ކުރިން ވަނަ އަހަރު މަރުވި ބަތަލާއާ ވައްތަރު މީހަކީ ވުލޮގާއެއްގެ ގޮތުގައި މަސައްކަތްކުރާ ދިޕާލީ ޗައުދަރީ ކިޔާ މީހެކެވެ.

އޭނަގެ އިންސްޓަގްރާމަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު ސްރީދޭވީ ނަކަލުކޮށްފައިވާ އެތައް ޕޯސްޓެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ސްރީދޭވީގެ މަޝްހޫރު ބައެއް ޑައިލޮގްތަކާއި އޭނަގެ ބައެއް ލަވަތަކަށް ހަމަ އެ ސްޓައިލްގައި އެކްޓްކޮށްފައިވާ ވީޑިއޯތައް ވެސް ހިމެނެ އެވެ.

އޭނާގެ ޕޯސްޓްތަކަށް ކޮމެންޓްކުރި ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި ދިޕާލީ ހަމަ ހަގީގަތުގައި ވެސް ސްރީދޭވީއާ ވަރަށް ވައްތަރެވެ. އަދި އެކަމާ ހުރެ އޭނާ ވިދައިލާނެކަމާ ދޭތެރޭ ވެސް އެއްވެސް ޝައްކެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މީފެ ކުރިން ތަރިންނާ ވައްތަރުވެގެން ސަމާލުކަން ލިބުނު ގިނަ މީހުންވީ މަޝްހޫރު "ސެލެބްރިޓީން"ނަށެވެ.

ބޮލީވުޑްގެ މިހާރުގެ ބަތަލާ ޖާންވީ ކަޕޫރްގެ މަންމަ ސްރީދޭވީ މަރުވީ 2018 ގައި ދުބާއީގައި ބިލިގާއެއްގެ ތެރެއަށް ގެނބިގެންނެވެ. އޭނާ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ސްރީދޭވީގެ ކެރިއަރުގައި ކާމިޔާބު، ރީތި އެތައް ފިލްމެއް ކުޅެފައިވެ އެވެ.