Roadha Mihaaru
ނަހުލާގެ ޗުއްޓީ ކޮވިޑް "ހަރާބުކޮށްލައިފި"

ނަހުލާގެ ޗުއްޓީ ކޮވިޑް "ހަރާބުކޮށްލައިފި"

26 ޑިސެމްބަރ 2021

ޗުއްޓީ އަށް ރާއްޖޭން ބޭރަށް ދިޔަތަނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ދުބާއީ ޗުއްޓީ "ހަރާބުވެއްޖެ" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗުއްޓީ އަށް ރާއްޖޭން ބޭރަށް ދިޔަތަނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ދުބާއީ ޗުއްޓީ "ހަރާބުވެއްޖެ" އެވެ.

މި ވާހަަކަ މިރޭ ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރީ ދުބާއީ މެރީނާގެ ސްޕާކަލް ޓަވަރުގައި ކަރަންޓީނުވެގެން ހުރި އެޕާޓްމަންޓްގެ ތެރޭގައި ނަފާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގައި ނަހުލާ ބުނީ އެއްވެސް ތާކަށް ނުދެވި އެޕާޓްމަންޓްތައި "ތާށިވެފައި ހުންނަތާ މިހާރު 10 ދުވަސްވެއްޖެ" ކަމަށެވެ.

ކޮވިޑާ ހެދި އެއްވެސް އެއްވެސް ތާކަށް ނުދެވޭތާ ދެ އަހަރެއްހާ ދުވަސް ފަހުން އާއިލާއާ އެކީ ޗުއްޓީ އަށް ދިޔަ ތަނުން ކޮވިޑް ޖެހުމުން ނަހުލާ ހުރީ ވަރަށް "ހިތްހަމަނުޖެހިފަ" އެވެ.

"ކޮވިޑަށް ފިލައިގެން ވޯކް [މަސައްކަތް ވެސް] ހުއްޓާލައި ގޭގެ އެއްބުރިން އަނެއް ބުރިއަށް ނުގޮސް މީހުން އެއްވާތާކަށް ވެސް ނުގޮސް ދެ އަހަރަށް ވުރެ ގިނަ ދުވަހު މަޑުކޮށްފައި އެންމެ ފަހުން ޗުއްޓީ ހަދާލަން އާއިލާއާ އެކު ހަމަ ނުކުތީ ކޮވިޑް ޖެހުނީ." އޭނާ ބުންޏެވެ.

ނަހުލާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ޑައިރެކްޓަރެވެ. "ކަލާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2016 ގެ "4426" އެވެ. ނަހުލާގެ އެންމެ ފަހުގެ މަސައްކަތަކަށް ގެނެސްދިނީ ވެބް ސީރީޒް "ހުވާ" އެވެ.