Roadha Mihaaru
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް

"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް

13 ފެބުރުއަރީ 2024

"ރަސްމާލެ" ތަރައްގީ ކުރާނީ ޒަމާނީ ތަރައްގީ ފެންނާނެ އިންގިލާބީ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ރަސްމާލެ" ތަރައްގީ ކުރާނީ ޒަމާނީ ތަރައްގީ ފެންނާނެ އިންގިލާބީ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ސަރުކާރުން ފެށި "ރަސްމާލެ" ތަރައްގީ ކުރާނީ ތިމާވެއްޓާ ރަށްޓެހި ރަށެއްގެ ގޮތުގައި ކަމަށެވެ.

ދުބާއީގައި ފެށި އިންވެސްޓްމަންޓްގެ ބައިވެރިން

ދުބާއީގައި ފެށި އިންވެސްޓްމަންޓްގެ ބައިވެރިން

ރައީސް ވިދާޅުވީ ރަސްމާލެ ވާނީ ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ އަދި އެންމެ ޒަމާނީ ތަރައްގީގެ ރަށަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ ހައުސިން ދާއިރާގެ އިތުރަށް ރާއްޖޭގެ މާލީ ހިދުމަތްތައް ފުޅާ ކުރުމަށް ވެސް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީއެއް މިވަނީ އުފައްދާފައި. އެ އޮތޯރިޓީ އުފެއްދީ އޮފްޝޯ އަދި އޮންޝޯ ފައިނޭންޝަލް ހިދުމަތްތައް ދިނުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ދުބާއީގައި ފެށި އިންވެސްޓްމަންޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދުބާއީގައި ފެށި އިންވެސްޓްމަންޓްގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި މިވަގުތު އެންމެ އިސްކަމެއް ދީގެން ހިންގާ ޕްރޮޖެކްޓްތަކުގެ ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ޕްރޮޖެކްޓްތަކަށް އިސްކަން ދެއްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ހާސިލުކުރުމަށް ސެންޓްރަލް މެރިޓައިމް ޕޯޓެއް ހަދައި، އިގްތިސާދީ ހަރަކާތްތައް ހާއްސަ "ފްރީ ޒޯނެއް" އުފައްދާނެ ކަމަށެވެ.

މިއަދު ކުރިއަށްދާ މި ފޯރަމްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއި ބޭރުގެ އިންވެސްޓަރުން ހިމެނޭ ގޮތަށް 280 ވަރަކަށް ބޭފުޅުން ބައިވެރިވެ އެވެ.