Roadha Mihaaru
އެމްޕީއެލްގައި ޕޯޓް ސޭފްޓީ ވޯކްޝޮޕް ފަށައިފި

އެމްޕީއެލްގައި ޕޯޓް ސޭފްޓީ ވޯކްޝޮޕް ފަށައިފި

26 ޑިސެމްބަރ 2021

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޕޯޓް ސޭފްޓީވީކްގެ ފުރަތަމަ ވޯކްޝޮޕް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޕޯޓް ސޭފްޓީވީކްގެ ފުރަތަމަ ވޯކްޝޮޕް ފަށައިފި އެވެ.

މި ވޯކްޝޮޕް މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދާ "ސޭފްޓީ ކަލްޗާ އެވެއަނެސް ވޯކްޝޮޕް" ފައްޓަވައިދެއްވީ، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

މި ވޯކްޝޮޕްގައި 43 މީހަކު ބައިވެރިވެ އެވެ. މި ވޯކްޝޮޕްގައި ފުރަތަމަ މައުލޫމާތު ދޭނީ ސޭފްޓީ ކަލްޗާއާ ބެހޭގޮތުންނެވެ. މި ވޯކްޝޮޕްގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކްރައިމް ޕްރިވެންޝަން މައުލޫމާތު ވެސް ދޭނެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކެމިކަލް އަދި އައިއެމްޑީޖީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާގެ ފަރާތުން، މޫސުމީ ކާރިސާތަކާ ބެހޭ މައުލޫމާތު ވެސް އެމްޕީއެލްގެ މުވައްޒަފުންނަށް ދޭނެ އެވެ.

މި ވޯކްޝޮޕްގައި ސައިބާ ސެކިއުރިޓީގެ މައުލޫމާތު ވެސް ދޭނެ އެވެ.

ޓީމް ބިލްޑިން އެކްޓިވިޓީ އާއި އެންސިސްގެ ފީލްޑް ޓްރިޕެއް ވޯކްޝޮޕްގެ ބައިވެރިންނަށް އޮންނާނެ އެވެ.

އެމްޕީއެލް އިން 2019 ވަނަ އަހަރުން ފެށިގެން ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން މިފަދަ ވޯކްޝޮޕްތައް އަންނަނީ ބާއްވަމުންނެވެ.