Roadha Mihaaru
މައިކަލް ޖެކްސަނާ ބިޔޯންސޭ އަޅާކިޔުމުން ކަމަކުނުދިޔަ

މައިކަލް ޖެކްސަނާ ބިޔޯންސޭ އަޅާކިޔުމުން ކަމަކުނުދިޔަ

28 ޑިސެމްބަރ 2021

މީގެ 12 އަހަރު ކުރިން މަރުވެފައިވާ އެމެރިކާގެ ކުރީގެ ޕޮޕް ރަސްގެފާނު މައިކަލް ޖެކްސަނާއި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭއާ އޭނާގެ ފިރިމީހާ ޖޭ-ޒީ އަޅާކިޔުމުން ބައެއްގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 12 އަހަރު ކުރިން މަރުވެފައިވާ އެމެރިކާގެ ކުރީގެ ޕޮޕް ރަސްގެފާނު މައިކަލް ޖެކްސަނާއި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭއާ އޭނާގެ ފިރިމީހާ ޖޭ-ޒީ އަޅާކިޔުމުން ބައެއްގެ މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ލަވަކިޔުންތެރިތާ އެލީޝިއާ ކީޒްގެ ޓްވިޓާ ސްޕޭސެސްގައ ދާދި ފަހުން ބައިވެރިވެ ޖޭ-ޒީ ވަނީ މިއުޒިޝަނެއްގެ ގޮތުގައި ޖެކްސަނަށް ވުރެ ބިޔޯންސޭ މާ ކާމިޔާބު ކަމަށް ވެސް ސިފަކޮށްފަ އެވެ. އެގޮތުން ޖެކްސަންގެ ޝޯއަކަށް ނުލިބޭ ވަރުގެ ތަރުހީބެއް ބިޔޯންސޭ އަށް ލިބިފައިވާ ކަމަށް ބުންޏެވެ.

"ބިޔޯންސޭއާ އަޅާބަލާ އިރު ޖެކްސަނަކަށް ކޯޝެލާއެއް ތަޖުރިބާއެއް ކުރެވިފައެއް ނެތް. މި ވާހަކަ މިގޮތަށް ދެއްކީމަ އަހަރެން ދެކެ ބިޔޯންސޭ އެހާ ހިތްހަމައެއް ވެސް ނުޖެހޭނެ. އެކަމަކު ހަގީގަތަކީ އޭނަ އަކީ މިހާރު އަހަރެމެންގެ ތެރޭގައި ހުރި އެންމެ މޮޅު އެެއް ފަންނާނުކަން." އަންހެނުންނަށް ސަނާކިޔައި ޖޭ-ޒީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިކަން ގިނަ ބަޔަކު ފާހަގަ ވެސް ކުރާނެ އެވެ. އަދި ބިޔޯންސޭ އަކީ މިއުޒިކީ ރޮނގުން ބަލާ އިރު ދެވަނައެއް ނެތް ފަދަ ފަންނާނެއް ކަމަށް ބުންޏެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޕޮޕް ރަސްގެފާނާ ބިޔޯންސޭ އަޅާކިޔުމުން ފާޑުކީ ބައެއް މީހުން ބުނީ އެއީ އަޅާކިޔުން ހައްގު ވެސް ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ޖެކްސަން މަރުވީ ކޯޝެލާއެއްގައި ބައިވެރިވާނެ ފުރުސަތު ނުލިބި ކަމަށްވާތީ އެވެ. ބައެއް މީހުން ބުނީ "ކޯޝެލާއެއްގައި" ގައި ބައިވެރިވާނެ ފުރުސަތު ޖެކްސަނަށް ލިބުނު ނަމަ، އޭނާ އޮންނާނީ ރެކޯޑް ހަދާފައިވާ ކަމަށެވެ. އަދި ޖެކްސަންގެ 1987 ގެ "ބޭޑް" އަލްބަމް ރިލީޒްކުރުމާ ދިމާކޮށް ބޭއްވި ކޮންސަޓެއްގެ ފޮޓޯ ބައެއް މީހުން ޓްވިޓާގައި ދައުރުކޮށްފައިވެ އެވެ.

ޖެކްސަނާއި ބިޔޯންސޭ އަޅާކިޔުމުން ބައެއް މީހުން ބުނީ ބިޔޯންސޭ އަކީ މޮޅު ފަންނާނެއްކަން އެ މީހުން ވެސް ގަބޫލުކުރާ ކަމަށެވެ. އެވެ. އެކަމަކު މީހަކަށް ސަނާ ކިޔަން ވާނީ ހައްގު މިންވަރަށް ކަމަށާއި އެހެން ލެޖެންޑުންނާ އަޅާކިޔުމަކީ އިހުތިރާމު ކުޑަކުރުމުގެ އަމަލެއް ކަމަށެވެ.

މިހާތަނަށް 28 ގްރެމީ އެވޯޑްސްގެ އިތުރުން ވެސް އެތައް އެވޯޑެއް ހޯދާފައިވާ ބިޔޯންސޭ، 40، ގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "ލެމަނޭޑް" އެވެ.

ޖެކްސަންގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި ތުރިލާ (1982) އާއި ޑޭންޖަރަސް (1991) ހިމެނެ އެވެ.