Roadha Mihaaru
އުފަންދުވަހު 1،500 ފަގީރުންނަށް ކާންދީފި

އުފަންދުވަހު 1،500 ފަގީރުންނަށް ކާންދީފި

19 އެޕްރީލް 2022

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޗާންސް ދަ ރެޕާ، އޭނާގެ 29 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފަގީރުންނަށް ކާންދީފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޗާންސް ދަ ރެޕާ، އޭނާގެ 29 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފަގީރުންނަށް ކާންދީފި އެވެ.

ޗާންސް އަށް 29 އަހަރު ފުރުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޝިކާގޯގައި ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކަށް ކާން ދިނުމަށް ޗާންސް މަސައްކަތް ކޮށްފައި ވަނީ އޭނާގެ ނޮން ޕްރޮފިޓް ޖަމިއްޔާ "ސޯޝަލް ވޯކްސް" އާ ގުޅިގެންނެވެ.

ޖަމިއްޔާގެ ވޮލިންޓިއަރުންނާ އެކު ޗާންސް ވަނީ އެ ދުވަހު އެކަނި ވެސް 1،500 އަށް ވުރެ ގިނަ މީހުންނަށް ކާން ދީފަ އެވެ.

އެ މަސައްކަތުގައި ޗާންސްއާ އެކު އޭނާގެ މަންމަ އާއި އާއިލާ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވި އެވެ.

ތަފާތު އިޖުތިމާއީ މައްސަލަތަކަށް ރެޕް ލަވަ އުފެއްދުމުގެ އިތުރުން ޗާންސް އަކީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އަބަދުވެސް ވާހަކަދައްކައި، ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ޒުވާން އާޓިސްޓެކެވެ.