17 ޖެނުއަރީ 2022
މިދިޔަ އަހަރު ޓިކްޓޮކުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފުރަތަމަ ފަހަރަށް އެ ޕްލެޓްފޯމްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބުނު އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖާ ޗާލީ ޑި އެމީލިއޯ ކަމަށް ފޯބްސް އިން ބުނެފި އެވެ.
މިދިޔަ އަހަރު ޓިކްޓޮކުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ފުރަތަމަ ފަހަރަށް އެ ޕްލެޓްފޯމްގައި 100 މިލިއަން ފޮލޯވަރުން ހަމަކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބުނު އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖާ ޗާލީ ޑި އެމީލިއޯ ކަމަށް ފޯބްސް އިން ބުނެފި އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގައި މިހާރު 133 މިލިއަން ފޮލޯވަރުން ތިބީ 17 އަހަރުގެ ޗާލި އަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 17.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭނާ އަށް ޓިކްޓޮކްގައި 100 މިލިއަން ފޮލޯވަރުން ހަމަކުރި ފުރަތަމަ މީހާގެ ރެކޯޑް ލިބުނީ 2020 ގަ އެވެ.
ފޯބްސް އިން ބުނި ގޮތުގައި ޓިކްޓޮކްގައި ވިދާލައިގެން ބޮޑެތި ބްރޭންޑްތަކުން ވެސް ސްޕޮންސަ ލިބި، ކްރިއޭޓަރުންނަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ އިރު މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ކްރިއޭޓަރުންގެ ދެވަނަގައި އޮތީ ޗާލީގެ ދައްތަ ލަވަކިޔުންތެރިޔާ ޑިކްޒީ ޑި އެމީލިއޯ، 20، އެވެ. ފަންސާސް ހަ މިލިއަން ފޮލޯވަރުންނާ އެކު އޭނާގެ އާމްދަނީ އަކީ 10 މިލިއަން ޑޮލަރެވެ.
ދެބޭން ހޯދި އާމްދަނީ އަށް ބަލާ އިރު، އޭގެ ތެރެއިން 30-50 ޕަސެންޓަކީ ސްޕޮންސާ ކުރި ކޮންޓެންޓްތަކުން ލިބުނު އާމްދަނީ ކަމަށް ވެސް ފޯބްސް އިން ބުންޏެވެ. ނެށުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ޗާލީ ސްޕޮންސަކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އިންވިޒެލައިން، މޯފް ކޮސްމެޓިކްސް އަދި ޑަންކިން ޑޯނަޓްސް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ފޯބްސް އިން ބުނި ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ޓިކްޓޮކުން ލިބުނު ގަދަ 5 ގެ ޖުމްލަ އާމްދަނީ 55.5 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ 2020 އަޅާބަލާ އިރު 200 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ޓިކްޓޮކްގެ ބޮޑު އާމްދަނީގެ ގަދަ 5 ގެ ތެރޭގައި ހިމެނޭ އިތުރު ކްރިއޭޓަރުންނަކީ 86 މިލިއަން ފޮލޯވަރުންނާ އެކު 8.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެޑިޝަން ރައީ އާއި 87 މިލިއަން ފޮލޯވަރުންނާ އެކު ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ބެލާ ޕޯޗްގެ އިތުރުން 26 މިލިއަން ފޮލޯވަރުންނާ އެކު ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ޖޯޝް ރިޗަޑްސްގެ އިތުރުން ފަސް ވަނަ އިން ޖާގަ ލިބުނު ދެ ކްރިއޭޓަރުން ކަމަށްވާ 42 މިލިއަން ފޮލޯވަރުން ތިބި ކްރިސް ކޮލިންސް އާއި 39 މިލިއަން ފޮލޯވަރުން ތިބި އަވާނީ ގްރެގް އެވެ.
ކޮލިންސް އާއި އަވާނީގެ އާމްދަނީ އަކީ ކޮންމެ މީހަކަށް 4.75 މިލިއަން ޑޮލަރެވެ.
ޓިކްޓޮކް އާމްދަނީ ލިސްޓްގެ އެންމެ ކުރީގައި ޝާލީ އާއި އޭނާގެ ދައްތަ ރަނިކަންކުރާތީ، އެ މީހުންނަށް ޓިކްޓޮކާ އެކު ލިބުނު މަޝްހޫރުކަމާ ގުޅިގެން އެ މީހުންނާއި އެ މީހުންގެ އާއިލާގެ ވާހަކަ ހުލޫގެ ސީރީޒެއްގެ ގޮތުގައި ވެސް މިދިޔަ އަހަރު ގެނެސްދިނެވެ. "ދި ޑި އެމީލިއޯ ޝޯ" ކިޔާ އެ ސީރީޒްގެ ދެ ވަނަ ސީޒަނެއް ވެސް ގެނެސްދޭން ނިންމާފައިވެ އެވެ.
އުފަންދުވަހު 1،500 ފަގީރުންނަށް ކާންދީފި
ޕީޓް އަށް ޖައްވަކަށް ނުދެވޭނެ!
ޓޭލާ ދެން ވަރަށް އަވަހަށް ކައިވެނި ކުރާނެ
މާރާމާރީއަކާ ހެދި ކަންޔޭ އަށް ޖަލު ހުކުމެއް އަތުވެދާނެ
މަޝްހޫރު ޓީވީ ސްޓާރު ސައިމަން ކައިވެނިކުރަނީ
ޖޯޝް ރީތީގެ ރާނީއަކާ އިންނަނީ
ޖެނެޓް ޖެކްސަންގެ ޑޮކިއުމަންޓަރީ 28 ގައި
އޮމިކްރޯންއާ ނަން ވައްތަރުކަމުން ޖޯކު ޖަހައިފި
ކަޑޭޝިއަން/ޖެނާ އާއިލާގެ އާ ޝޯގެ ފަސްޓް ލުކް
ޓޭލާ އަކީ މި ޖީލުގެ ބީޓްލްސް: ބިލީ