މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، ބާކީ މަސައްކަތްތައް ފުރިހަމަ ކުރުމަށާއި ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކާ ހިސާބަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވެސް ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
28 ޑިސެމްބަރ 2021
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފަހު، ބާކީ މަސައްކަތްތައް ފުރިހަމަ ކުރުމަށާއި ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކާ ހިސާބަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވެސް ވެރިކަމުގައި ހުންނަވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ، ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރެއް ކާމިޔާބު ކުރައްވައި، މަގާމުގައި ދެމިހުންނަވާނެ ކަމަށް މިހާ ޔަގީންކަމާއެކު މި ސަރުކާރުގެ ވަޒީރަކު އަދި އެމްޑީޕީގެ އިސް ސަފުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ރައީސް ވެސް އަދި ވަކި ގޮތެއް ނިންމެވި ކަމަށް ވިދާޅެއް ނުވެ އެވެ.
މާފުށީގައި އަލަށް ހިއްކި ބިމާއި ޕިކްނިކް އައިލެންޑް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށްޓަކައި ބޭއްވި ހަފުލާގައި އަސްލަމް ވިދާޅުވީ، އޭނާގެ ހަޔާތުގައި ސަރުކާރުގެ ގިނަ މިނިސްޓްރީތަކުގައި ގިނަ މަގާމުތަކެއް އަދާކުރެއްވިއިރު، މި ސަރުކާރުގެ ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގި ދުވަސްވަރެއް މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފަހުން އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ހިންގި އުމްރާނީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 1.86 ބިލިއަން ރުފިޔާގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ. އަދި 16.2 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރު ވެސް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަށާރަ ބިލިއަން އިން ރާއްޖޭގެ އުމްރާނީ ތަރައްގީ ނުނިމޭނެ. ތަރައްގީ ވެފައި އޮތް ގައުމަކަށް ވަންދެން އެ މަސައްކަތް ކުރަންޖެހޭ. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން އަޅުގަނޑުމެން ބޭނުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ހަފުލާގައި އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާފައި ބާކީ ހުރި މަސައްކަތްތައް ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ތަރައްގީ ވެފައި އޮތް ގައުމަކަށް ހެދުމާ ދިމާލަށް މިސްރާބު ޖެހުމަށްޓަކައި އިތުރު ދައުރެއްގައި އެ މަނިކުފާނު ހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ތަރައްގީވެފައި އޮތް ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް [ރާއްޖެ ގެންދަން] ރައީސް އިރާދަކުރެއްވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް ހުންނަވާނެ،"--- އަސްލަމް
ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މަޝްރޫއުތަކުގެ ތަފާސްހިސާބުތައް ވެސް އަސްލަމް ވިދާޅުވި އެވެ. ބަނދަރު ހެދުމުގެ 60 މަޝްރޫއަކާއި ބިން ހިއްކުމުގެ 18 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 28 މަޝްރޫއެއް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ ތަފާސްހިސާބުގެ އަލީގައި އޭނާ ވިދާޅުވި އެވެ.
ތާރު އަޅައިގެން މަގު ހެދުމުގެ 18 މަޝްރޫއެއްގެ މަސައްކަތާއި ފެނާއި ނަރުދަމާގެ ޖުމުލަ 245 މަޝްރޫއެއްގެ މަސައްކަތް ހިންގާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު އެއް ހުންނާނީ ހަވާލުކޮށް ނިންމާފައި. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ނިންމާނަން،" ވަރަށް ޔަގީންކަމާއެކު އަސްލަމް ވިދާޅުވި އެވެ.
މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްފި
އައްޑޫއަށްޓަކައި ރައީސް އިންތިހާބުކޮށްދީ: އަސްލަމް
"އިތުރު ފުރުސަތެއް ނުލިބިއްޖެ ފަހަތަށް ސޮއްސާލާނެ"
މާފަރު އެއާޕޯޓަށް ޔޫރަޕުން ސީދާ ފްލައިޓް!
"އިންތިހާބުގެ ނަތީޖާއިން މަޝްރޫއުތައް ހުއްޓިދާނެ"
ހއ. އަތޮޅަށް ގިނަ މަޝްރޫއުތަކެއް
ތަރައްގީ މަޝްރޫއު ނުހުއްޓޭނީ އިތުރު ދައުރެއް ލިބިގެން
"އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން"
އައްޑޫ މެޖޯރިޓީ ލިބޭނީ ރައީސަށް: ރޮޒައިނާ
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!