އެންމެ އުފާކުރައްވަނީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
13 ޖުލައި 2023
އެންމެ އުފާކުރައްވަނީ އެމްޑީޕީއިން ލާދީނީ ފިކުރު ފިލައިގެން ދިއުމުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިރޭ ކ. މާފުށީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ސިޔާމް ވިދާޅުވީ، އެމްޑީޕީއަށް މި އައި ބަދަލަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެންމެ އުފާކުރާ ސަބަބު ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ކުރެއްވި ދަތުރުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ސުވާލު ކުރުމުން، އެމްޑީޕީ ބަލައިގަންނަ ސަބަބަކަށް ދެއްކީ، ދީނަށް ފުރައްސާރަ ކުރާ ލީޑަރަކު ނެތުން ކަމަށެވެ.
ސިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ދީނީ ކަންކަމަށް އިސްކަން ދެއްވައި، އެ އުސޫލުން ކަންކަން ކުރަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
"އެހެންވީމަ މިއަދު އެމްޑީޕީއަށް ވަންނާނެ މީހުން ވެސް ތިބޭނެ. އަދި އެމްޑީއޭއަށް ވަންނާނެ މީހުންވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވެރިކަމަށް ފަސް އަހަރަކީ ދިގު މުއްދަތެއް ނޫން ކަމަށާއި އަދި ކޮވިޑުގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ރައްޔިތުންނަށް ވެފައިވާ ވައުދުގެ ބޮޑުބައި ފުއްދާ ދެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަކީ އިގްތިސާދީ ކަންކަން ކުރާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
އަވައްޓެރި ސްރީ ލަންކާ ބަނގުރޫޓުވެގެންދިޔަ ގޮތުން މިސާލު ނަންގަވަމުން ސިޔާމް ވިދާޅުވީ، ކޮވިޑުގައި ރާއްޖެއަށް އިގްތިސާދީ ބޮޑު އަނދަވަޅަކަށް ނުވެއްޓި ސަލާމަތް ވެވުނީ ރައީސްގެ އިގްތިސާދީ ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ އިގްތިސާދު ކުރަން. އިގްތިސާދީ ކަންކަން ކުރާނެ ގޮތް ވެސް އެނގޭ. އަޅުގަނޑަކީ 900 ޑޮލަރުން ވިޔަފާރި ފުޅާކުރި މީހެއް. އިބްރާހިމް މުހައްދު ސޯލިހަކީ ހަމަ އެގޮތަށް ކަންތައް ކުރަން ދަންނަ ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ އެކު ކޯލިޝަން ހަދަން އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީން ވަނީ އެއްބަސްވެފަ އެވެ.
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
ސިޔާމްގެ ސަބަބުން ބޭރުން ފައިސާ ލިބޭނެކަން ވެސް ޔަގީން
ކޯލިޝަނަށް އެއްބާރުލުން ދޭން ސިޔާމް އެދިވަޑައިގެންފި
އެމްޑީޕީއާ ކޯލިޝަން ހަދަން ސިޔާމްގެ ޕާޓީން ނިންމައިފި
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ފައްޔާޒުގެ ހިތްވަރުގެ ބަސް: ބަލިކޮށް ނުލެވުނު ހިތްވަރު
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
ގާސިމަށް ސިޔާމް ގޮވާލީ ރައީސްގެ ފަހަތަށް އަރަން
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން