ފަރަންސޭސި ވިލާތުގައި ތަރުކާރީ އާއި މޭވާ ބަންދުކޮށްގެން ބާޒާރަށް ނެރޭއިރު، ޕްލާސްޓިކްގެ އުފެއްދުންތަކުގައި ތަރުކާރީ އާއި މޭވާ ބަންދުކޮށްގެން ބާޒާރަށް ނެރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
ފަރަންސޭސި ވިލާތުގައި ތަރުކާރީ އާއި މޭވާ ބަންދުކޮށްގެން ބާޒާރަށް ނެރޭއިރު، ޕްލާސްޓިކްގެ އުފެއްދުންތަކުގައި ތަރުކާރީ އާއި މޭވާ ބަންދުކޮށްގެން ބާޒާރަށް ނެރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
އިއްޔެ ފެށުނު އާ އަހަރާ އެކު ފަރަންސޭސި ވިލާތުގައި އަމަލުކުރަން ފެށި މި ގަވާއިދަކީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން އެ ގައުމުގައި މަނާކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އަމަލުކުރަން ފެށި ގަވާއިދެކެވެ. އިއްޔެ އަމަލުކުރަން ފެށި މި ގަވާއިދުގެ ދަށުން، 30 އަށް ވުރެ ގިނަ ބާވަތުގެ ތަރުކާރީ އާއި މޭވާ، ޕްލާސްޓިކްގައި ބަންދުކޮށްގެން ވިއްކުން މަނާވާނެ އެވެ.
އޭގެ ތެރޭގައި އެ ގައުމުގައި އެންމެ ގިނައިން ބާޒާރަށް ނެރޭ ބާވަތްތައް ކަމަށްވާ ލީކްސް، ކެރެޓް، ޓޮމާޓޯ، އަލުވި އަދި އާފަލާއި ޕެއާޒް ހިމެނެ އެވެ. އެފަދަ ބާވަތްތައް ދެން ބާޒާރަށް ނެރެވޭނީ، ރިސައިކަލް ކުރެވޭ ބާވަތުގެ ކޮންމެވެސް އެއްޗެއްގައި ބަންދުކޮށްގެންނެވެ.
މީގެ އިތުރުން ނޫސް މަޖައްލާ އާއި ޗާޕުކޮށްފައި ހުންނަ އެހެން ބާވަތްތަކުގެ ފޮތް ވެސް ޕްލާސްޓިކްގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރުމާއި އިމްޕޯޓްކުރުން ވެސް އިއްޔެ އިން ފެށިގެން މަނާވީ އެވެ. ހޮޓާތަކާއި ރެސްޓޮރަންޓްތަކަށް ދާ އާއިލާތަކާ އެކު ގެންދާ ކުޑަކުދިންނަށް، އެ ތަންތަނުގެ ފަރާތުން ޕްލާސްޓިކް ކުޅޭ އެއްޗެހި ދިނުން ވެސް މަނާވީ އެވެ.
މި ގަވާއިދުގެ އެކި ބައިތައް ތަފާތު މަރުހަލާތަކުގައި ތަންފީޒުކުރާ އިރު، މިއަހަރުގެ ފަހުކޮޅުން ފެށިގެން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި އާންމު ތަންތާނގައި ގެންގުޅުން މަނާވާނެ އެވެ. އޭގެ ބަދަލުގައި ފަރަންސޭސި ސަރުކާރުން ނިންމާފައިވަނީ، ފެން ލިބޭނެ އާންމު ތަންތަން މަގުތަކާއި ޕާކްތަކާއި މައިދާންތަކުގައި ހަދާށެވެ.
ފަރަންސޭސި ސަރުކާރުން ބުނާ ގޮތުގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުން، އަހަރެއްގެ ތެރޭގައި ޕްލާސްޓިކް ކުނީގެ އެއް ބިލިއަން އައިޓަމް މަދުކުރެވޭނެ އެވެ.
ބަލަންތިއްބާ ކޮންޓްރޯލް ނަގައި ބިދޭސީން މަހުޖަނުންނަށް!
ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ
ކާނާގެ އަގު ދުނިޔޭގެ ބާޒާރުގައި 13 ޕަސެންޓް މައްޗަށް
ކުލަގަދަ ކާނާތަކުން ވިސްނުން ތޫނުކޮށްދޭ
މޭވާގެ ކުނިން ބޫޓު ކަލެކްޝަނެއް
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު
ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި
ތަރުކާރީ/މޭވާގެ ވިޔަފާރިތައް ރަޖިސްޓަރީ ކުރުން ލާޒިމް
އާދީއްތަ ދުވަހު 52 ކޮންޓެއިނާ ކްލިއާކުރި
ބަރުދަން ލުއިކުރަން މުހިންމު 5