04 ޖެނުއަރީ 2022
ބަންގްލަދޭޝްގައި އަންނަ ހަފުތާގައި ބާއްވާ، ޑާކާ މެރެތަންގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު، އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.
ބަންގްލަދޭޝްގައި އަންނަ ހަފުތާގައި ބާއްވާ، ޑާކާ މެރެތަންގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު، އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.
ޑާކާ މެރެތަންގައި ވާދަކުރާނީ ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ، މުހައްމަދު ރަޝީދު (މޯޑް) އާއި އައިޝަތު ރިޝްމީ އެވެ. ކުރިން ހަމަޖެހިފައި އޮތީ އަހްމަދު ޝަރަފް ވެސް ޑާކާ މެރެތަންގައި ވާދަކުރާ ގޮތަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވީ، ޝަރަފްގެ ނަން ލިސްޓުން އުނި ކުރީ ޑާކާ މެރެތަން އަށް ގެނައި ބަދަލެއްގެ ސަބަބުން ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝްއިން ނިންމީ ހާފް މެރެތަން ކެޓެގެރީ އުުނި ކުރުމަށެވެ.
"އެއީ ކޮވިޑް އުޅޭތީ މީހުން މަދުކުރަން ވެގެން ގެނައި ބަދަލެއް،" ޑާކާ މެރެތަންގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގއި ވެސް ހަރަކާތްތެރިވުމަށް ހަމަޖެހފަވާ މުންތަގިމް ވިދާޅުވި އެވެ. "ޑާކާ މެރެތަންގައި މިހާރު އޮންނާނީ ފުލް މެރެތަން. މިމަހު 22 ގައި ލަންކާގައި ބާއްވާ މެރެތަންގައި ވެސް ޝަރަފް ވާދަކުރާގޮތަށް ހަމަޖެހިފައި އޮތީ. ފުލު މެރެތަންއެއްގައި ދުވެފައި އަނެއްކާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިތުރު މެރެތަންއެއްގައި ދުވުން ރައްކާތެރި ނުވާތީ ޑާކާ މެރެތަންގައި ޝަރަފް ބައިވެރި ނުވާނެ."
މި މަހު 15 ވަނަ ދުވަހު އިންޑިއާގައި ބާއްވާ، ސައުތު އޭޝިިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗިން ޓީމުގައި ނަސްރު ބައިވެރިވާނެ އެވެ. ދެން ބައިވެރިވާނީ ތަޖުރިބާކާރު ކޯޗް އަބްދުﷲ އިބްރާހިމް (އަބްޅޯ) އެވެ. ހުސް ބިންތަކުގަޔާއި ވިނަގަނޑު ސަރަހައްދުގައި ދުވެގެން ރޭސް ފުރިހަމަ ކުރާ ކްރޮސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލީޓުންނަކީ މުހައްމަދު އިރުފާން، ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، ޔޫސުފް އިބްރާހިމް، އިބްރާހިމް އާދަމް، އާބިދު އަހްމަދު ސިރާޖު އަދި ޝައިހާން މުހައްމަދެވެ.
އެންމެ ގިނަ މެރެތަން ދުވި ރާއްޖޭގެ ދުވުންތެރިޔަކީ ނަސްރު އެވެ. އޭނާ ވަނީ މިހާތަނަށް 78 މެރެތަންގައި ވާދަކޮށްފަ އެވެ. ދެކުނު އޭޝިއާގައި ވެސް އެންމެ ގިނަ މެރެތަން ދުވެފައިވާ ދުވުންތެރިންގެ ތެރޭގައި ނަސްރު ހިމެނެ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ 13 މެރެތަން ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. ނިމިދިޔަ 2021 ގައި ނަސްރު ވަނީ 12 މެރެތަން ފުރިހަމކޮށްފަ އެވެ.
މި މަހު ބެންގަލުރޫގައި ބާއްވާ މެރެތަންގައި ބައިވެރިވާ ގޮތަށް ކުރިން ޕްލޭންކޮށްފައި އޮތް ނަމަވެސް، ރާއްޖޭގެ ޓީމުން ލިބުނު ފުރުސަތުގެ ބޭނުން ކުރުމަށް، މިފަހަރު ބެންގަލޫރު މެރެތަންގައި ވާދަނުކުރަން ނަސްރު ވަނީ ނިންމައިފަ އެވެ.
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
ޝަމްހާ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް އާކޮށްފި
މެރަތަން ރަނާސްގެ ޓީމަށް ތުރުކީގައި ރަނގަޅު ވޯމްއަޕެއް
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް
އުފަން ދުވަހު، ފަސޫހާ ގައުމީ ރެކޯޑް މުގުރާލައިފި
މުގުރާލަން އުނދަގޫ 100 މީޓަރުގެ ރެކޯޑް ރޫޔާ އަށް